ޗެލްސީގެ ދަނޑުގައި ހާއްސަ ރޯދަވީއްލުމެއް ބާއްވައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި އެތައްސަތޭކަ މުސްލިމުންނެއް އެއްވެ ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މިއީ ޕްރިމިއާ ލީގުގެ ޓީމެއްގެ ދަނޑުގައި މިގޮތަށް ރޯދަ ވީއްލުމުގެ އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި އިވެންޓް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އިނގިރޭސި ވިލާތުގައި ޗެރިޓީއަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ “ރަމަދާން ޓެންޓް ޕްރޮޖެކްޓް” އިންނެވެ.

ޗެލްސީގެ ދަނޑުގައި ބޭއްވި މި ހާއްސަ އިވެންޓްގައި ޗެލްސީގެ ސަޕޯޓަރުންނާއި، ސްކޫލް ކުދިން ވެސް ވަނީ ބައިވެރިވެފައެވެ. ސްޓޭޑިއަމްގައި މަޤްރިބް ނަމާދު ބަންގި ގޮވާއި ޖަމާއަތުގައި މަޤްރިބް ނަމާދު ކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕްރިމިއާ ލީގުގެ ގިނަ ޓީމްތަކެއްގައި މިހާރު ވެސް އަންނަނީ މުސްލިމް ގިނަ ކުޅުންތެރިންތަކެއް  ކުޅެމުންނެވެ. މިގޮތުން ޗެލްސީގެ މިހާރުގެ ސްކޮޑުގައި ވެސް މުސްލިމް ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. ޗެލްސީގެ ސްކޮޑުގައި މިވަގުތު ތިބި މުސްލިމް ކުޅުންތެރިންގެ ތެރޭގައި މޮރޮކޯގެ ހަކީމް ޒިޔެޗް، ސެނެގާލްގެ ކަލިދޫ ކުލިބާލީ، ފްރާންސްގެ އެންގޯލޯ ކަންޓޭ، ވެސްލީ ފޮފާނާ އަދި މަލަންގް ސާ ހިމެނެއެވެ.

ޗެލްސީގެ ދަނޑުގައި ރޯދަ ވީއްލުން އިންތިޒާމްކުރި “ރަމަދާން ޓެންޓް ޕްރޮޖެކްޓް” އިން އަންނަނީ މި ރޯދަމަހު ޕްރިމިއާ ލީގުގެ އިތުރު ދަނޑުތަކުގައި ރޯދަ ވީއްލުން ބޭއްވުމަށް ތައްޔާރުވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގއ.މާމެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން ގއ.މާމެންދުއަށްގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިމަހުގެ 13 ވަނަ ދުވަހު އެރަށަށްދިޔަ ...

ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރު މަހު ގަމަށް ފަށަނީ

އަންނަ ނޮވެމްބަރު މަހުން ފެށިގެން، ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ފޯރިގަދަ ދެ ސެމީ ފައިނަލް މެޗްތައް މިރޭ !

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ  ސެމީ ފައިނަލުގެ މެޗުތައް މިރޭ ކުރިއަށްދާނެ އެވެ. ސެމީ ފައިނަލު ...