ދިރާގުން ރޯދަމަހު ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ހަދިޔާ

ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު އިނާމުތަކާއި ކޮންމެ ހަފުތާއަކު “ބޮޑު ހަދިޔާ” އާއެކު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފިއެވެ.

އެގޮތުން ދިރާގު ބޮޑު ހަދިޔާއާއެކު އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ‘މައިޑިއާ’ ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ދެ ދޮރު ލީ އައިސް އަލަމާރި، އަވަން، މައިކްރޮވޭވް އަދި ވެކިއުމް ކްލީނަރގެ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭނެއެވެ.

އެ ކުންފުނިން މައުލޫމާތުދިން ގޮތުގައި، ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދިފައިބަރ ބްރޯޑްބޭންޑް ގެންގުޅޭ ހުރިހާ އެކްޓިވް ކަސްޓަމަރުންވެސް މީގައި ހިމެނޭނެއެވެ.

މީގެ އިތުރުން ‘ބޯނަސް މެގަ ހަދިޔާ’ ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް،ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއްވެސް ލިބިގެންދާނެއެވެ.

ދިރާގު މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެންރަމަޟާން މަހުގެ ހާއްސަ ގިނަ ޕްރޮމޯޝަންތަކެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

އޭގެ ތެރޭގައި:

– ޑެއިލީ ގިފްޓް: ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ހެނދުނު 9:00 އަށްކަސްޓަމަރުންނަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާ އެޑް-އޮން އެއް ކާމިޔާބުކުރެވޭނެއެވެ. މި ލިބޭ ހާއްސަ އެޑް-އޮން 1 ކަލަންޑަރު ދުވަހަށް ބޭނުން ކުރެވޭނެއެވެ.

– ބޯނަސް ގިފްޓް: ދިރާގު އެޕް މެދުވެރިކޮށް އެޑް-އޮންއެއް ނުވަތަ ބޫސްޓާރއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށްވެސް 24 ގަޑިއިރުގެ މުއްދަތަކަށް އިތުރު ހިލޭ އޮފަރއެއް ލިބިގެންދާނެއެވެ.

– ރޯދަހަދިޔާ ފިހާރަ: ދިރާގު އެޕްގެ ޑިޖިޓަލް ރޯދަ ހަދިޔާ ފިހާރައިން ހާއްސަ އެކްސްކްލޫސިވް އޮފާތަކެއް ހުރިހާ ކަސްޓަމަރުންނަށްވެސް ލިބޭނެއެވެ.

– ޑަބަލް ޑޭޓާ ބޫސްޓަރ: ރަމަޟާން މަހުގެ ލިމިޓަޑް ޓައިމް އޮފަރއެއްގެ ގޮތުން ހާއްސަ ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް ބޫސްޓަރ ނަގާ ކޮންމެ ފަރާތަކަށް ވެސް ދެގުނު ޑޭޓާ ލިބޭނެއެވެ.

ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ހާއްސަ އޮފާތަކަށް ސަބްސްކްރައިބް ކުރެއްވޭނެއެވެ.

މިއަހަރު ދިރާގު ރަމަޟާން މަހުގެ ކެމްޕެއިންގެ ޝިޔާރު ބިނާކޮށްފައިވަނީ މަންމައިންގެ އަގު ވަޒަންކުރުމަށާއި މަންމަޔާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ. މިގޮތުން މިޝިޔާރާ ގުޅުވައިގެން ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ވަނީ މަމްސް އެއިޑް އެން.ޖީ.އޯގެ ‘ރަމަޟާން އެއިޑް’ ކެމްޕެއިންގެ ޕާރޓްނަރަކަށްވެފައެވެ.

މީގެ ދަށުން ދިރާގުން ވަނީ އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންއަޅާލާ މައިން ހިމެނެއެވެ. މީގެ އިތުރުން މިޟަން ފޯރ މައިގްރަންޓް ވަރކަރސް މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭބިދޭސީންނަށް ހާއްސަ ރޯދަވިއްލާ ޕެކްތަކެއްވެސް ދިރާގުން ފޯރުކޮށްދޭނެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެއެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް *454#ޖައްސަވައިގެން އެސް.އެމް.އެސްއިން އަދި ޕޯސްޓްޕއިޑް ކަސްޓަމަރުންނަށް ދިރާގުޕޭ ވެޕް ޕޯރޓަލް ނުވަތަ އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފަރތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރިމައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.އިތުރު ލިޔުންތައްދިރާގު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދުން ފެށިގެން ވަކި ވަގުތުތަކެއްގައި އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެވޭނެ- އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް  ވަކި ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ. މިކަން މިގޮތައް ނިންމެވިކަން ...

މީދޫ – މަރަދޫފޭދޫ – އެކުވެރިކަމުގެ ވޮލީމެޗް މީދޫ ކާމިޔާބުކޮށްފި

މަރަދޫފޭދޫ ވޮލީޓީމަކާއި، މީދޫ ޒުވާނުންގެ ވޮލީޓީމަކާއި، ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ...

އައްޑޫ ސިޓީ ގަމުން ދަތުރުކުރާ މީހުންނަށް ސްރީލަންކަންގެ “މީލް ޕްރީ-އޯޑަރ”

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމުން ދަތުރުކުރާ ފަރާތްތަކަށް އެމީހަކު ބޭނުން ...