ރައީސް ޔާމީނަށް ކުރި ހުކުމަށްވުރެ ހަލާލް ހުކުމެއް މިރާއްޖޭގެ ތާރީހުގައިވެސް ނުކުރާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް އެރުވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ދައުލަތުގެ މާލިއްޔާއިން އެތައް މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓުގައި ބަހައްޓައިގެން ވެރިކަން ކުރެއްވި މީހަކު ކުރެއްވި އެކަމަކީ އެއީ ހިޔާނާތެއް ނޫންކަމަށް ހަދަން އުޅުނަސް އެކަންއެހެން ނުވާނެކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވާ ރޮޒޭނާ ވިދާޅުވީ އެހުކުމަކީ ހަރާމް ހުކުމެއްކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވި ނަމަވެސް އެއަަށްވުރެ ހަލާލު ހުކުމެއް ކޯޓަކުން ނުކުރާކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެތައް ވައްކަމެއްގެ މައްސަލައެއް ނުބަލައި ދޫކޮށްލުމަކީ އިންސާފެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވެ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އާދައިގެ ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހާ ޖަލަށްލާން ހުކުމް ކުރާނަމަ ދައުލަތުން ވައްކަން ކުރާ މީހުންވެސް ޖަލަށް ލެވެން ޖެހޭކަމަށެވެ.

މިއަދު އަޅުގަނޑުމެންނަށް އެންމެ ބާރަށް އިވޭ ވާހަކައަކީ ރައީސް ޔާމީނަށް ކުރީ ހަރާމް ހުކުމެއްގެ ވާހަކަ. ބައްލަވާ ނިކަމެތި މީހާ ރިހާކުރުފުޅިއެއް ވަގަށް ނެގީމަ އެކަންޏެއް ނޫން އިނގޭތޯ ޖަލަށް ލާން ޖެހެނީ . ގައުމުގެ ވެރިޔާ ރައްޔިތުންގެ ފައިސާ އަށް ރައްކާތެރިވާނެކަމަށް ހުވާކޮށްގެން ވެރިކަމަށް އައިސް ވައްކަން ކުރީމަ އެންމެ ފުރަތަމަ ޖަލަށް ލާންޖެހެނީ ހަމައެމީހާ. އޭގެ ފަހުން ދެން ކުދި ވަގުންތައް ހޯދާނީ.

– ރޮޒޭނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ކްރޮއޭޝިޔާ ބަލިކޮށް ކްއާޓާފައިނަލުގެ ޖާގައެއް ސްޕެއިނުން ހޯދައިފި

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ކްރޮއޭޝިޔާ ބަލިކުރުމަށްފަހު  ސްޕެއިން އިން ކްއާޓާފައިނަލްގެ ޖާގައެއް ހޯދައިފިއެވެ. ...

ރައީސް ޔާމީންގެ މައްޗަށް 1.4 ބިލިއަން ރުފިޔާގެ ހިޔާނާތާއި މަނީލޯންޑަރިން ތުހުމަތުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކުރީ ދައުލަތުގެ 1.4 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ އެ ...

ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ

މުޅިރާއްޖެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި  ރޯދައަށް ރަށްރަށުން އުފައްދާ ކާބޯތަކެތި އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އެއް ރަށުން އަނެއް ރަށަށް ...