ޔޫރޯ 2020: ކްރޮއޭޝިޔާ ބަލިކޮށް ކްއާޓާފައިނަލުގެ ޖާގައެއް ސްޕެއިނުން ހޯދައިފި

advertisement

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ކްރޮއޭޝިޔާ ބަލިކުރުމަށްފަހު  ސްޕެއިން އިން ކްއާޓާފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

ޔޫރޯގެ ތާރީހުގައިވެސް ދެވަނައަށް އެންމެގިނަ ލަނޑު ފެނިގެންދިޔަ މިމެޗް ސްޕެއިން ކާމިޔާބުކޮށްފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ. ޔޫރޯގެ ތާރީޚުގައި  އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ފެނިގެން ގޮސްފައިވަނީ 1960 ވަނަ އަހަރު  ބޭއްވުނު ޔޫރޯ މުބާރާތުގައި ފްރާންސް އާއި ޔޫގޮސްލާވިއާ ބައްދަލުކުރި މެޗުގައެވެ. އެ މެޗުގައި ޖުމްލަ 9 ލަނޑު ފެނިގެންގޮސްފައިވާއިރު ޔޫގޮސްލާވިއާ އިން އެމެޗު ކާމިޔާބުކޮށްފައިވަނީ  4-5 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންއާއި ކްރޮއޭޝިއާ ބައްދަލުކޮށް މިރޭ ކުޅެވުނު މެޗަކީ ވަރަށް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަމެޗެކެވެ.

 މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް  3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވުމުން  މެޗުގެ ނަތީޖާ ނެރުމަށް އިތުރުވަގުތުގެ ދެހާފު ކުޅުނުއިރު ސްޕެއިން އިން މެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލުން ޖާގަހޯދީ އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި ދެލަނޑު ޖަހާ 3-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ  ލީޑުނެގީ ކްރޮއޭޝިއާ އިންނެވެ. މިލަނޑަކީ ސްޕެއިންގެ ޕެޑްރީ ފަހަތުން އެޓީމުގެ ކީޕަރު، އުނާއި ސިމިއޯން އަށް ޖައްސާލި ބޯޅަ ސިމިއޯން ކޮންޓްރޯލް ނުކުރެވި ގޯލުގެ ތެރެއަށް ބޯޅަ ވަދެގެން ކްރޮއޭޝިއާ އަށް ކާމިޔާބު ކުރެވުން ލަނޑެކެވެ.

އެހެންނަމަވެސް ސްޕެއިނުންވަނީ  ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ.

މިމެޗުގައި ސްޕެއިން އިން ލީޑުނެގީ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައެވެ. ފެރާން ޓޮރޭސް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ސްޕެއިން އަށް ލީޑު ނަގައިދިނީ ސެޒާ އަޒްޕްލިކެޓާ އެވެ. އަދި އޭގެ 19 މިނެޓުފަހުން މެޗުގެ 76 ވަނަ ސްޕެއިނުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައިވެއެވެ.  މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފެރާން ޓޮރޭސް އެވެ.

3 ލަނޑު 1 ލަނޑުގެ ލީޑެއް ސްޕެއިނުން ހޯދާފައިވަނިކޮށް ކްރޮއޭޝިޔާގެ ދެވަނަ ލަނޑު 85 ވަނަ މިނިޓްގައި ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-2 ކަށް ބަދަލުކޮށްދިނީ މިސްލާވް އޮރްސިޗް އެވެ. އަދި މެޗްގެ އިތުރުވަގުތުގެ 2 ވަނަ މިނިޓްގައި ކްރޮއޭޝިޔާގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ޕެސާލިޗް އެވެ.

3-3 ގެ ނަތީޖާއަކުން މެޗް އެއްވަރުގެން ނިމުމުން މެޗްގެ ނަތީޖާ ކަނޑައެޅުމަށް ކުޅުނު  އިތުރުވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެެރޭގައި ސްޕެއިނުން ވަނީ  ދެލަނޑު ޖަހާ މެޗްގެ ނަތީޖާ 5-3 އަށް ބަދަލުކޮށްފައެވެ.  މިގޮތުން ސްޕެއިންގެ  ހަތަރުވަނަ ލަނޑު މެޗްގެ 100 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ކާމިޔާބު ކޮށްދިންއިރު ސްޕެއިންގެ ފަސްވަނަ ލަނޑު 103 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މިކެލް އޮޔަރްޒަބަލް އެވެ.

ޔޫރޯ 2020 ގެ ކްއާޓާފައިނަލަށް  ސްޕެއިން ހޮވުނުއިރު  ކުއާޓަރ ގައި ސްޕެއިން ބައްދަލުކުރަންޖެހޭނީ  ފްރާންސް އާއި ސްވިޓްޒަލެންޑު ކުޅޭ ރައުންޑް އޮފް 16 މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިމެޗްގެ ކުޅުން އޮންނާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ އަޅާނެ ބަޔަކު ހޯދަނީ

ފުވައްމުލައް ސިޓީގައި ސަރުކާރުން ތަރައްޤީކުރާ “ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ” އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ. މި ...

ޓީމް ހުދުހުދު ބަލިކޮށް ހުޅުދޫ ޔޫތު ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި ސެމީއަށް

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި ހުޅުދޫ ޔޫތުން ކުޅުނު ހަތަރުވަނަ މެޗުގައި ޓީމް ހުދުހުދު ބަލިކޮށް   ގްރޫޕް އޭގެ އެއްވަނަ ...

އިންޑިއާ ހިމެނޭހެން މި ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިންނަށް ވިސާދިނުން ހުއްޓާލައިފި

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. އެޗްޕީއޭއިން ބުނެފައި ވަނީ ވިސާ ...