ބަޔާނުން ޕީއެސްޖީ ބަލިކުރިއިރު ޓޮޓެންހަމް އަތުން މިލާނަށް މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކުން ހަނި ތަފާތަކުން ޕީއެސްޖީ ބަލިކުރިއިރު އަމިއްލަ ދަނޑުގައި އޭސީ މިލާނުން ޓޮޓެންހަމް ބަލިކޮށްފި އެވެ.

ރޭގެ މެޗުގައި ބަޔާނުން ޕީއެސްޖީ ބަލިކުރީ 1 – 0 ގެ ހަނި ތަފާތަކުންނެވެ. ރޭގެ މޮޅާއެކު ކުއާޓާ ފައިނަލުން ޖާގަ ހޯދަން ބަޔާނަށް ފަސޭހަ ވާނެ އެވެ. ދެވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް އެޓީމަށް ކުއާޓާގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ބަޔާނުންނެވެ. އެޓީމުން ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް 7 ހަމަލާ ފޮނުވާލިއިރު ޕީއެސްޖީއަށް ފޮނުވާލެވުނީ 4 ހަމަލާ އެވެ.

ރޭގެ މެޗުގައި ބަޔާނުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ 53 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން އެވެ. އަލްފޮންސޯ ޑޭވިސްގެ ހުރަހަކުން ކޯމަން ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ ބަޔާނަށް މުހިންމު މޮޅެއް ހޯދައިދީފަ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އެޓީމަށް ލަނޑު ޖަހައިދިން ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. ރޭގެ މެޗުގައި ބަޔާނުގެ ޑިފެންޑަރު ބެންޖަމިން ޕަވާޑަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

އޭސީ މިލާނުން ރޭ އެޓީމުގެ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ނުކުތް މެޗު ވެސް ކާމިޔާބުކުރީ 1 – 0 ގެ ނަތީޖާއަކުންނެވެ. އޭސީ މިލާނުން މިމެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ޖަހައިދިނީ ބްރާހިމް ޑިއާޒް އެވެ.

މިލަނޑަށްފަހު ވެސް މިލާނަށް ފަރަގު ބޮޑު ކުރަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ހިފޭގޮތެއް ނުވި އެވެ. ޓޮޓެންހަމަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މިރޭ ދަންވަރު 1 ޖަހާއިރު ކްލަބް ބްރޫޖުން ބެންފިކާއާ ދެކޮޅަށް ނުކުންނައިރު ހަމައެގަޑީގައި ޗެލްސީއާއި ޑޯޓްމަންޑް ވެސް ބައްދަލުކުރާނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ...

އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ” އެމް.އީ.ސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ގްރޫޕީން ސެމީފައިނަލަށް ދެޓީމް ދަތުރުކޮށްފި އެވެ. ...

ކެނެރީފް ބަލިކޮށް ޑީކޭ ސެމީއަށް – މިމެޗްގައި ހެޓްރިކްހެދީ މައުޝޫ – މޮޅުކުޅުންތެރިޔާގެ މަގާމު އަސްވާދަށް

މިހާރު ސ. ހުޅުދޫގައި ކުރިއަށްދާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި މިރޭ ކުޅެވުނު ...