އެ ފިލްމެއް ރިލީޒްކުރާނެ ވަގުތަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމު “ބީވީމާ” ރޭ އޮލިމްޕަހުގައި ދައްކަން ފެށީ ރަތްދޫލަ ހަފުލާއަކާއެކުގައެވެ. އާއްމުކޮށް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމުތައް ރިލީޒްކުރުމާ ތަފާތުކޮށް، އަދި ޚާއްޞަ ގޮތެއްގައި ރިލީޒްކުރި މި ފިލްމަކީވެސް ޚާއްޞަ އެތައް ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.

މުޅީން އަލަށް އެކްޓިންއަށް ތަޢާރަފުވާ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އަދި ކުރިއަރަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ އާދަމް ޒިދާން (ނާނަ) މި ފިލްމުން ފެނުމުގެ އިތުރުން، ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) މި ފިލްމުން ފެނިގެންދިއުން ހިމެނެއެވެ. މި ތަރީންގެ އިތުރުން ކުރިއަރަމުން އަންނަ އަދި ހުނަރުވެރި އެކްޓިންއެއް ދައްކާ ހިތްގައިމު އެކްޓްރެސް އާމިނަތު ރަޝްފާ (އާޝާ)ގެ ފިލްމީ ހަޔާތުގައިވެސް މިއީ އޭނާއަށް ކުރެވުނު ތަފާތު ތަޖުރިބާއެއް ކަން ފާހަގަކޮށްލެވެއެވެ.

“ބީވީމާ” ޚާއްޞަވުމުގެ އިތުރުން މި ފިލްމަކީ ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްޤީކޮށް ހުޅުވިފަހުން ދައްކަން ފެށި ފުރަތަމަ ފިލްމެވެ. މިހާރު އޮލިމްޕަހުގައި އެންމެ ޒަމާނީ ފެންވަރުގެ 7.1 ޑޮލްބީ ސަރައުންޑް ސިސްޓަމްއެއް ގާއިމްކުރެވިފައި ވުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ސްލައިޑިން ސްކްރީނުގައި ފިލްމު ފެނިގެންދިޔައީ ބެލްޖިއަމްގެ ބާކޯ ބްރޭންޑްގެ ސްޓީރިއޯސްކޯޕިކް ހައިކޮލިޓީ ޕްރޮޖެކްޓަރަކުން ނެވެ.

ދެ ދައުރެއް ދައްކުވައިދޭ “ބީވީމާ”އަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ.

މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުޢާދު ޕްރޮޑިއުސްކޮށްފައިވާ “ބީވީމާ” ކެމެރާކުރީ އިބްރާހީމް ވިސާން (ކަނޑި) އެވެ. ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރީ ކެމެރާމަން އަދި ޑައިރެކްޓަރ ޢަލީ ޝިފާއު (ޗިއްޕެ) އެވެ. ބެކް މިއުޒިކް ތައްޔާރުކޮށްދިނީ މުނާޒް ޒުބައިރް އެވެ. ކޮސްޓިއުމްތައް ފަރުމާކޮށް ތަރިންގެ މޭކަޕް ކޮށްދިނީ މަޝްހޫރު ފެޝަން ޑިޒައިނަރ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

މަސްދަރު: މުނިއަވަސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިތިކްގެ “ސުޕަރ 30”

ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ...

މޯލްޑިވިއަން އައިޑޮލް : ގަދަ 9 ގައި ނުހިމެނި ކަޓައިގެންދިޔައީ މުރުޝިދު

މޯލްޑިވިއަން އައިޑޮލްގެ ގަދަ ދިހައެއްގެ ޝޯވގައި ޖަޖުންނާއި އާންމުންގެ ވޯޓުން އެންމެ ދަށް މާކްސް ލިބުމާއި ގުޅިގެން މުރުޝިދު ...

އުރީދޫން މިފަހަރު ޑިޖިޓަލް މިއުޒިކް ޝޯއެއް!

ފިތުރު ޢީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، ޢީދު ސާލާން ބަދަލު ކޮށް، އެންމެން ...