މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ގައުމީ އެއްބައިވަންތަކަމުގެ ފާހަގަކުރުމުގެ ގޮތުން 26 ޑިސެމްބަރ 2022 ވަނަ ދުވަހު ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ހުޅުދޫގައި ބޭއްވުނުހިގާލުމުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް
މިހިގާލުން ބާއްވާފައިވަނީ ހުޅުދޫ އޮފީސް ކައިރިން ފަށައިގެން އިރަށްގޮސް މަޖުދުއްދީންމަގުން ގޮސް މަޖުދުއްދީންމަގު ނިމޭ ހިސާބަށް
ކުޑަކުދީންނާއި ބޮޑެތި މީހުންބައިވެރިވި މިހިގާލުން ބޭއްވުނީ ހުޅުމީދޫގެ ސަރުކާރުގެ މުވައްސަސާތަކާއި ހުޅުދޫގެ ޖަމްއިއްޔާތައް ގުޅިގެންކަމަށް މައުލޫމާތު ލިބިފައިވޭ .
2004ގެ ސުނާމީގައި ހުޅުދޫއާއި ރާއްޖޭގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުމާއި އާއިލާތަކަށް ލިބުނު ހިތާމާގައި ހުޅުދޫގެ ރައްޔިތުން ވެސް ބައިވެރިވާކަން ހާމަކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހުޅުދޫގައި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަމުންދޭ
ސުނާމީގެ ކާރިސާގައި މުޅި ރާއްޖެއިން 82 މީހަކު މަރުވެ 26 މީހުން ގެއްލިގެން ދިޔަ . އެ ފަރާތްތަކުގެ އާއިލާއަށް އެދުވަހަކީ ހިތާމައިން ފުރިފައިވާ ދުވަހެއް. އަދި ވެސް ބައެއް އާއިލާތަކުން ގެއްލުނު ކުދިނަށް ވީނުވީއެއް ނޭގޭ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- މިހިގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- ވެމްކޯގެ ބައެއް މުވައްޒަފުން
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- މިފްކޯގެ މުވައްޒަފުން
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- މީދޫ އަދި ހުޅުދޫ ކޯޓްގެ މުވައްޒަފުން
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންގެ މުވައްޒަފުން
ޚަބަރާއި ގުޅޭ ފޮޓޯތައް: ހުޅުދޫ އަވަށު އޮފީހުގެ ފޭސްބުކް ޕޭޖުން ނަގާފައި
ކޮމެންޓްސް (0)