އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އައްޑޫސިޓީއަށް ގެނެސްފިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާއެވެ.

ހިތަދޫ ބަނދަރު އޮޕަރޭޓްކުރާ ހިތަދޫ ޕޯޓް ލިމިޓެޑްއިން ހާމަކޮށްފައިވާގޮތުން މިމަހުގެ 25 ވަނަ ދުވަހު އެބަނދަރަށް ބަނދަރުކުރި ”އެޗް ސީ މެލީނާ“ ނަމަކަށް ކިޔާ ކާގޯ ބޯޓަކުން އައްޑޫ ސިޓީ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެނެސްފައިވާކަމަށެވެ. މި ބޯޓުން ގެނައި ސާމާނުތަކުގެ ތެރޭގައި މެޝިނަރީޒްއާއި ބައެއް އިކުއިޕްމަންޓްތައް ހިިމެނޭކަމަށްވެސް ހިތަދޫ ރީޖަނަލް ޕޯޓުން ހާމަކޮށްފައިވެއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނެދަލޭންޑްސްގެ ކުންފުނި ވެން އޫޑް ޑްރެޖިން އާ ހަވާލުކުރީ މިއަހަރުގެ ކުރީ ކޮޅުއެވެ. މިމަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ ޕޯޓުގެ އުތުރުން ސަރަހައްދަކާއި ދެކުނުން ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖހިފައވެ. އަދި މީގެ އިތުރުން މަރަދޫ އަދި މަރަދޫ ފޭދޫގެ ހުޅަނގުން ބިން ހިއްކައި ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކާގޮތައް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

18 މަސް ދުވަހުގެ ތެރޭގައި ނިންމަން ކުރިއަށް ގެންދާ މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެގްޒިން ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކުރި ވެން އޫޑްކުންފުންޏަކީ ބިން ހިއްކުމުގެ ދާއިރާ އިން 150 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. އަދި ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރާގޮތަައްވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫޢަކީ ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ގެނުވައިދޭނެ ކަމެއްކަމަށް އައްޑޫސިޓީ ކައުންސިލުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިއީ ސަރުކާރުން ކުރިއަށްގެންދާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެއް ބައެވެ.

މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑިބުރެއިނާ ގެ ކިބައިން ރުޑިގާރ މާފަށް އެދިއްޖެ

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކެވިން ޑިބުރެއިނާ އަށް ލިބުން އަނިޔާ އަށް މާފަށް އެދޭކަމަށް ޗެލްސީގެ ޑިފެންޑަރ އެންޓޯނިޔާ ...

ކުޅިވަރަށް ޚިދުމަތްކުރުމުގެ އަގުވަޒަންކޮށް ދެފަރާތަކަށް ހަނދާނީ ލިއުން ދެއްވައިފި

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ބޭއްވި ޚާއްސަ ހަފްލާގައި މީދުއަށް ކުޅިވަރުގެ ...

ދުވާލަކު 1000 ޓެސްޓްކޮށް، އަތޮޅުތަކުގައި ޓެސްޓްކުރަން ފަށަނީ

މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ...