ޗުއްޓީއާ ދިމާކޮށް އަގުތައް ބޮޑުކުރަންޖެހުނީ ސަރުކާރުން ޓެކްސް ބޮޑުކުރުމުން: މޯލްޑިވިއަން

ގައުމީ އެއަލައިންގެ ގޮތުގައި ހިންގަމުން އަންނަ މޯލްޑިވިއަން އިން އެކްސެސް ބެގޭޖަށް ނަގާ ފީ އާއި ނޯޝޯ ފީ ބޮޑުކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން ޓީޖީއެސްޓީ ބޮޑު ކުރުމަށް ނިންމުމާއި ގުޅިގެން މިއަދުން ފެށިގެން އިތުރުވާ ކޮންމެ ކިލޯއަކަށް 3.11 ޑޮލަރު ނުވަތަ (47.95) ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދަތުރު ކުރަމުން އަންނަ މާވަރުލު އެއާޕޯޓާއި، ކޫއްޑޫ އެއާޕޯޓް އަދި ކާޑެއްދޫ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގައި މިއަދަދަށް ފައިސާ ނަގާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން މިގެނާ ބަދަލާއެލު އައްޑޫ ގަމަށް ކުރާ ދަތުރުތަކުގައި އެ އެއާލައިނުން ހިލޭ ދޭ 20 ކިލޯއަށް ވުރެ އިތުރުވެއްޖެ ނަމަ، އިތުރުވާ ކިލޯއަކަށް ކުރިން ނަގަމުން އައީ 20ރ. އެވެ. މިހާރު އެފީ ވަނީ 64ރ. އަށް ބޮޑުކޮށްފަ އެވެ.

އެންމެ ކުޑަކޮށް އެކްސެސް ބެގޭޖް ފީ މީގެ ކުރިން ނަގަމުން އައީ ދަރަވަންދު އާއި މާލެ އާއި ދެމެދުގެ ދަތުރުތަކަށެވެ. އެއީ 7ރ. އެވެ. ނަމަވެސް މިހާރު އެސެކްޓަރއަށް ނަގަން ނިންމާފައި ވަނީ 24ރ. އެވެ.

ހަނިމާދޫ، ހޯރަފުށި، ކުޅުދުއްފުއްޓަށް އެކްސެސް ބެގޭޖް ފީގެ ގޮތުގައި ދެން ކިލޯއަކަށް 36ރ. ނަގާނެއެވެ. ކައްދުއަށް 34ރ. ނަގާއިރު ކޫއްޑޫ، ކާޑެއްދޫ، މާވަރުލަށް 48ރ. ނަގާނެއެވެ.


2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ނޮވެމްބަރު މަހު މަޖިލީހުން ފާސްކޮށް ރައީސް ސާލިހުވަނީ އެ ބިލް ތަސްދީގުވެސް ކުރައްވާފައެވެ.
މިއާއެކު އާއްމު ޚިދުމަތްތަކުން ނަގަމުންއައި ޖީއެސްޓީ 6 އިންސައިން 8 އިންސައްތައަށް އިތުރުވެގެންދާނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ ތެޔޮ ޓޭންކުތައް އާކުރުމުގެ މަސައްކަތް އޭސީސީން ހުއްޓުވައިފި

ރާއްޖޭގެ ރަށްރަށުގައި ތެޔޮ ރައްކާކުރަން ބޭނުންކުރާ ޓޭންކުތައް އާކުރަން ބޭނުންވާ ސާމަނު އެތެރެކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ...

އަހަންނަށްވެސް ރޮވެނީއެވެ.

ފުރަމާލެއިން މިއަދާ ހަމައަށް  62  މީހަކާއި އުލިގަމުން މީހަކު  ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއިއެކު ރާއްޖޭގައި މި ބަލި ...

ޔޫތު ޗެލެންޖް ކަޕް 2020- ފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު

މީދޫގައި ބާއްވަމުން އައި ޔޫތުޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު މީދޫ ފުޓްބޯޅަ ...