ފުރަމާލެއިން މިއަދާ ހަމައަށް  62  މީހަކާއި އުލިގަމުން މީހަކު  ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއިއެކު ރާއްޖޭގައި މި ބަލި ހަލުއިކަމާއެކު މިހާރު މިވަނީ ފެތުރެން ފަށާފައެވެ. މިއީ ފާއިތުވެދިޔަ ދުވަސްތަކުގައި ޑޮކްޓަރުން ބުނަމުން އައި ދުވަހެވެ. މިއީ ބިރުވެރި ހިތާމައިން ފުރިގެންވާ ދުވަސްތަކެކެވެ. ރާއްޖޭގައި ކޮވިޑް19 “ކޮމިއުނިޓީ ސްޕްރެޑް” ބަދަލިވެގެން ދިއުމުންނެވެ.

ޢާންމު އުސޫލަކީ މީހެއްގެ ކިބައިން  ކޮވިޑް19 ގެ ޢަލާމާތްތައް ފެންނަފެށުމުން އެމީހަކު އެކަހެރިކޮށް، ޓެސްޓުކޮށް އަދި އެމީހާއާއި ސީދާ (ޑައިރެކްޓްކޮށް) ދިމާވި މީހުން ހޯދައި ބަލައި(ކޮންޓެކްޓް ޓްރޭސިންގ) ހަދައި، އެކަހެރި ކުރަންވާކަމަށް ފެންނަ ހަލާތްތަކުގައި (އެސް.އޯ.ޕީ.ތައް ހުރީ ހަދާފައި) އެކަން އެމަގުން ކުރަނީއެވެ.

މިކަންކަން އެންމެ ގާތުން ބެލެނީ ވަސީލަތްތައް އެންމެ ފުރިހަމަކަމަށް ބެލެވޭ މާލެއިންނެވެ. އަތޮޅުތަކާއި ރަށްރަށުގެ ޙާލަތު ތަފާތެވެ. އެހެނަސް ކަންކުރާ އުސޫލަށް ބަދަލެއް ނުގެންނާނެއެވެ.މާނައަކީ އެއްކަލަ އެސް.އޯ.ޕީ.އަކަށް ބަދަލެއް ނައުމެވެ.

ހާލަތު ތަފާތޭ މިދެންނެވީ، ވަސީލަތްތައް މަދުވެފައި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އޮތުމެވެ.މިކަމުގައި ބޭނުންކުރާ ޕާސަނަލް ޕްރެޓެކްޓިވް ގިއަރ(ޕީ.ޕީ.އީ)، މާސްކު،މޫނުމަތިން އަޅާ ޝީލްޑާއި، ޓެސްޓް ކިޓްތަކާއި މިފަދަ ތަކެތި ލިބުމުގަޔާއި ފޮނުވުމުގައި ދަތި އުދަގޫތައް އެބަހުއްޓެވެ. ރަސޫލާގެ ޙަދީޘްގައިވާ ގޮތަށް “ޠާޢޫން ބަލި ފެތުރޭ ތަނެއްގައި ތިބެފައި ނުނިކުންނާށެވެ. އަދި އެބަލި ފެތުރިފައިތާނަކަށް ނުދާށެވެ.” ދަތި އުދަގުވާއެއްކަމަކީ “ލޮކްޑައުން”(ފުރަބަންދު) ވުމުން ހުރިހާ ކަމަކަށް ހުއްޓުމެއް އަންނާތީއެވެ.ސަރުކާރުން ރާވާ އުސޫލުގެ ތެރެއިން ފިޔަވައެވެ.

ކަންބޮޑުވެ ރޮވޭ ހިސާބަކީ މިއީއެވެ. މި ދެންނެވި ހާލަތު އޮތްކަން އެނގިތިބެ ބޭކާރު ދަތުރުތަކާއި، މީހުން ގިނައިން އެއްވެ އުޅޭ ޒާތުގެ ހަރަކާތްތައް އަހަރެމެން ރާވައި ހިންގަން ބޭނުންވަނީއެވެ. މާލެއަށް އައިސް ގޮސްވަނީއެވެ.އަދި ހެލްތް ސެންޓަރުން މާލެއިން އަންނަ މީހުންނަށް ހާލުއަހުވާލު ބަލަން ގުޅުމުން އެކަމާއި ނުރުހި އެއްކަލަ “ތިންބަހުގެ” ޖުމުގަ ގޮވައި ހެއްދެވި ނެހެއްދެވިއަށް ގޮވަނީއެވެ.

މިއީ އަހަރެމެން ވެއްޓެންޖެހޭ ދަރަޖައެއް ނޫނެވެ.މިއީ ޞިއްޙީ ދާއިރާގެ ފަރާތްތަކާއި ޢާންމު ޞިއްޙީ މީހުން(ޕަބްލިކް ހެލްތް އޮފިޝަލުން) ގެ ބަސްއަހައިގެން ގޭގައި ތިބެންވީ ވަގުތެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އެއްބާރުލުންދީ، ހެޔޮ ފޯރުކޮށްދޭންވީ ވަގުތެވެ.ޒަތީ ތަޢައްޒުބާއި، ޕާޓީވަންތަ ފިކުރުން އެއްކިބާވެ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތެވެ.

އަހަރެމެން ޗައިނާ ކޮވިޑް19 އިން ކާމިޔާބު ހޯދައިފިއޭ ކޯޅިކޯޅިއަށް ތިބެގެން ދައްކަމެވެ.ދެކުނު ކޮރެއާގެ މޮޅުކަމުގެ ވާހަކަވެސް އެބަދައްކަމެވެ.އަދި ދުނިޔޭގެ ގަދަފަދަ ބާރު އެމެރިކާ މިކަމުގައި އުޅޭ ދަތިހާލުގެ ވާހަކަވެސް އެގެއެވެ.ދުނިޔޭގެ ޞިއްޙީ ނިޒާމުތައް ކުރިއަރާފައިވާ އަދި މުއްސަންދި އިގިރޭސި ވިލާތާއި،އިޓަލީ ވިލާތާއި، ފަރަންސޭސި ވިލާތުން ކޮވިޑް19 އަށް ނުކަތާވަރަށް މީހުން ފައްސިވުމުން ވަނީ އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ފެއިލްވެފައެވެ.ޑޮކްޓަރުންނާއި ނަރުހުންނާއި ސާމާނުތައް މަދުވީއެވެ. އެންމެ ސަބަބަކާއި ހެދިއެވެ. އެ ޤައުމުތަކުގެ މީހުން އެމީހުންގެ ސަރުކާރުން ގޭގައި ތިބުމަށް އެންގުމުންވެސް “ޕާޓީކޮށް” މަގުތަކަށް ނިކުމެ “ސޯޝަލްޑިސްޓެންސިންގ” އަށް ދިން ސަމާލުކަމެއް ނެތުމުންނެވެ. އަދި އެ ގައުމުތަކުގެ ސަރުކާރުތަކަށްވެސް ތައްޔާރުވާން ލިބުނު ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ނުހިފީއެވެ.އޭގެ ބަދަލުގައި ޗައިނާއަށް އިގިލި ދިއްކޮށްކޮށް ތިބީއެވެ.

 ފުރުސަތު އަދި އެބައޮތެވެ.ރަށުގެ ޞިއްޙީ މަރުކަޒަށް އެއްބާރުލުން ދޭންހިގާށެވެ. ކޮންމެހެން ކުރަން  ނުޖެހޭ ދަތުރުތައް ނުކުރަމާ ހިގާށެވެ. ސޯޝަލް ޑިސްޓެންސިންގއަށް ބަލައިގެން އުޅެން ދަސްކުރަމާ ހިގާށެވެ.ކޯވިޑް19 އަށް އަދި އެއްވެސް ފަރުވާ އެއްނެތެވެ.ރޮވެނީ މި ރަށްރަށުގައި ގިނަވާނީ އަންހެނުންނާއި ކުޑަކުދީނަށް ވީމައެވެ.ކަމެއްދަމެއް ބޮޑުވެއްޖިއްޔާ އެހީ ލިބެން ވަގުތު ނަގާނެއެވެ. ލިބިފައި މި އޮތް ފުރުސަތުގެ ބޭނުން ހިފަން ހިގާށެވެ.އެކުވެރިވެ، އެއްބާރުލުން ދޭށެވެ.އެކަކު އަނެކަނަށް އެހީތެރިވާށެވެ.ކެތްތެރިވާށެވެ.ދުޢާކުރުން ގިނަކުރާށެވެ.މިކަމުން އަރައި ގަނެވޭނީ އެންމެން އެކުއެކީ މަސައްކަތްކޮށްގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ހުޅުއްވާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. ...

ވައިރަސް ފެތުރެނީ ގައިދުރުކަމާއި ރަނގަޅަށް މާސްކު ހަމަ ނޭޅޭތީ – އަފްޒަލް

ކޯވިޑް ބަލީގައި ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެ ބަލި ޖެހެމުން އަންނަނީ ގައިދުރުކަމާއި ރައްކާތެރިކަން ނުބެއްހެޓޭތީކަމަށް ...

މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާ މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފި

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ. ...