އިންޑިއާގެ މަރުކަޒީ ބޭންކާއި ރާއްޖެއާ ދެމެދު 200 މިލިއަން ޑޮލަރުގެ ސްވޮޕް އެގްރިމެންޓެއް

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބެންކު އޮފް އިންޑިއާ އާއި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއާ ދެމެދު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ކުރު މުއްދަތުގައި ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

އިންޑިއާގެ މަރުކަޒީ ބޭންކުން ބުނީ މި އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރާ ހަމައަށް އެކި ފަހަރު މަތިން ފައިސާ ނެގުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބޭނެކަމަށެވެ.

މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކުރުމަށް ޤާއިމްކުރި އެއްބަސްވުމެއްކަމަށް އިންޑިއާގެ މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގަައި ބުނެފައި ވެއެވެ.

އިންޑިއާގެ މަރުކަޒީ ބޭންކާއި، އެމްއެމްއޭއާ ދެމެދު 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި މިއަދު ސޮއި ކޮށްފައިވާއިރު އިންޑިއާ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ބަޖެޓް ސްޕޯޓުގެ ގޮތުގައި ހަމަޖައްސައިދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ. މަޖީދު އަވަހާރަވެއްޖެ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަންވެސް ...

ކޯވިޑް-19 : މި ހަފްތާގައި އެކަނިވެސް 500 މީހުން ޕޮޒިޓިވްވި، ގިނައީ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތް މީހުން

މި ހަފްތާތެރޭގައި 500 މީހަކަށް ކޯވިޑް-19 ޖެހުނުއިރު އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް މީހުންކަމަށް ޓެކްނިކަލް ...

ވާޑީގެ ހެޓްރިކާ އެކު ލެސްޓާ އިން ސިޓީ ބޮޑުތަފާތަކުން ބަލިކޮށްފި

އިގިރޭސި ޕްރިމިއާލީގުގައި ރޭ 5 – 2  ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެވެ. ގަބޫލް ކުރަން ...