3 ލޯނެއް ފިޔަވައި އެހެން ލޯނުތައް ދޫކުރުން ވަގުތީގޮތުން އެސްއެމްއީ ބެންކުން މެދުކަނޑާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ނަމަވެސް 3 ލޯނަކަށް އެދުމުގެ ފުރުސަތު މި މުއްދަތުގައިވެސް ކުރިއަށްދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެސްޑީއެފްސީން ބުނީ 1 ޑިސެމްބަރުން ފެށިގެން އެ ކުންފުނިން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. ނަމަވެސް ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅު ނަފާ ލޯނާއި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެސްޑީއެފްސީން ބުނެއެވެ.

ލޯނުތަކަށް އެދި ހުށައެޅުމުގެ ފުރުސަތު އެސްޑީއެފްސީން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ އަހަރު ނިމުމާއި ގުޅިގެން ނިންމަންޖެހޭ ކަންތައްތައް އޮތުމާއި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށެވެ.

އެސްއެމްއީ ބޭންކު ދަނޑުވެރި ނަފާ ލޯނުގެ ދަށުން 4 އަހަރުގެތެރޭގައި 6.8 ބިލިއަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައި

ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާނީ 31 ޖަނަވަރީ 2023 ގައިކަމަށް އެސްޑީއެފްސީން ބުނެއެވެ. އެސްޑީއެފްސީން 7 ދާއިރާއަކުން އަންނަނީ ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.

މަސްވެރިން މަސް ބާނަނީ

އެސްޑީއެފްސީއަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދުން ފެށިގެން ވަކި ވަގުތުތަކެއްގައި އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެވޭނެ- އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް  ވަކި ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ. މިކަން މިގޮތައް ނިންމެވިކަން ...

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...

އާޝާން ދޯނިން މީދޫއާއި ހުޅުދޫގެ މީހުން އުޅޭ ހުރިހާ ގެއަކަށް  މަސް ހަދިޔާކޮށްފި

ހުޅުދޫ ” އާޝާން ” ދޯނިން  މީދޫއާއި ހުޅުދޫގެ މީހުން ދިރިއުޅޭ ހުރިހާ ގޭބީސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ...