ޖަޕާނުން ސްޕެއިން ބަލިކުރިއިރު ޖަރުމަނު މުބާރާތުން ކަޓައިފި

ފީފާ ވޯލްޑް ކަޕުގައި ޖަޕާނުން ފުޓްބޯޅައިގެ ގަދަބާރު ސްޕެއިން ބަލިކުރިއިރު ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ޖެހިޖެހިގެން ދެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.ފީފާ ވޯލްޑް ކަޕުގައި ރޭ އޭޝިއާގެ ޖަޕާނުން ފުޓްބޯޅައިގެ ގަދަބާރު ސްޕެއިން ބަލިކުރިއިރު ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ޖެހިޖެހިގެން ދެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.

ޖަޕާނުން ދެވަނަ ލަނޑު ޖެހުމަށް ހުރަސްކުރި ބޯޅަ ބޭރުވެފައިވާކަމަށް ވާހަކަ ދެކެވޭ

ރޭ ޖަޕާނުން ވަނީ ސްޕެއިން 2 – 1 ންް ބަލިކޮށް މުޅި ދުނިޔެއަށް ސިހުން ގެނުވާފަ އެވެ. މީގެ ކުރިން ޖަޕާނުން ވަނީ ފުރަތަމަ މެޗުގައި ޖަރުމަނު ވެސް ބަލިކޮށްފަ އެވެ. ޖަޕާން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި 6 ޕޮއިންޓާއެކު އެވެ.

ދެވަނައިގައި އޮތް ސްޕެއިނާއި 3 ވަނައިގައި އޮތް ޖަރުމަނަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ ފަިދާ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ފުލުގައި އޮތް ކޮސްޓަ ރިކާއަށް ލިބުނީ 3 ޕޮއިންޓެވެ.

ސްޕެއިންއާއި ޖަޕާން ބައްދަލުކުރި މެޗުގައި ރޭ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްޕެއިނުންނެވެ. 11 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ލަނޑު ޖެހިއިރު ފުރަތަމަ ހާފު ނިމުނީ ސްޕެއިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން 3 ވަނަ މިނެޓުގައި ރިޓްސޫ ޑޯން ވަނީ ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އޭގެ 2 މިނެޓު ފަހުން އައޯ ޓަނަކާގެ ލަނޑުން ޖަޕާނުން މެޗުގެ ނަތީޖާ އަނބުރާލި އެވެ.

އެކަމަކު ޖަޕާނުގެ ދެވަނަ ގޯލު ޖެހިގޮތާ މެދު ގިނަބައެއްގެ މެދުގައި މިހާރު އޮތީ ބޮޑު ބަހުސަކަށްވެފައެވެ. ސަބަބަކީ ޖަޕާނުގެ ފޯވާޑް ކައުރޯ މިޓޯމާ ދިން ބޯޅައަކުން ޖަޕާންގެ ދެވަނަ ލަނޑު ކާމިޔާބުކުރި ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ކުރިން ބޯޅަ ބޭރުވެފައިވާކަމަށް ބެލެވޭތީއެވެ. އެހެންނަމަވެސް ވަނީ ވީއޭއާރުން ވަނީ އެބޯޅަ ބޭރުނުވާކަމަށް ނިންމާ އެއީ ރަގަޅު ގޯލެއްކަމަށް ނިންމާފައެވެ. މެޗު ބަލަމުން ދިޔައިރު ވީޑިއޯއިން ފެންނަ ގޮތުގައި ބޯޅަ އެއްކޮށް ބޭރުވެފައިވާ ގޮތަށް ފެނުނު ނަމަވެސް ރެފްރީވެސް ނިންމީ އެ ބޯޅަ އެއްކޮށް ބޭރު ނުވާކަމަށެވެ.

މިމެޗުގައި މޮޅަށް ކުޅުނީ ސްޕެއިނުން ކަމުގައިވީ މިމެޗްގެ ފުރިހަމަ ވަގުތު ހަމަ ވުމުގެ ކުރީން ސްޕޭނަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

ރޭގެ އަނެއް މެޗުގައި ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރި މެޗު 4 – 2 ން ކާމިޔާބު ކުރީ ޖަރުމަނުންނެވެ. 10 ވަނަ މިނެޓުގައި ސާޖް ގްނެބްރީ ޖަރުމަނުން ލީޑު ނެގިއިރު ޔެލްޓްސިން ޓެޖެޑާ ވަނީ 58 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

70 ވަނަ މިނެޓުގައި މެނުއަލް ނޯޔާ އަތުން ބައިކޮޅަށް ގޯލެއް ވަންއިރު 73 ވަނަ މިނެޓުގައި ކައި ހަވާޓްޒް ޖަރުމަނަށް އެއްވަރުކޮށްދިނެވެ. 85 ވަނަ މިނެޓުގައި ހަވާޓްޒް އެޓީމަށް އަލުން ލީޑު ނަގައިދިންއިރު އޭގެ 3 މިނެޓުފަހުން ނިކްލަސް ފުލްކްރަގް އެޓީމަށް ލީޑު ފުޅާކޮށްދިނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޓީއަށް މިހާރުވެސް ހުކުމް އިއްވައިފިކަމަށް ގާޑިއޯލާ ބުނެފި

މެންޗެސްޓަރ ސިޓީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް މިހާރުވެސް ހުކުމް އިއްވާފައިވާކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 6 ވަނަމެޗް ފުވައްމުލަށް ޕޮލިސް ކާމިޔާބުކޮށްފި

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ 6 ވަނަ މެޗް ކާމިޔާބުކޮށް ފުވައްމުލަށް ސިޓީ ޕޮލިސްޓީމު ޕޮއިންޓް ޓޭބަލްގެ ...

އުރީދޫ ސާފް ޗެމްޕިއަންޝިޕް : ބަގްލާދޭޝް ބަލިކޮށް ދިވެހިޓީމް އުއްމީދު އާކޮށްފި

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި، ދިވެހި ޓީމުން އުންމީދު އާކޮށްފި އެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާއި ...