އުރީދޫ ސާފް ޗެމްޕިއަންޝިޕް : ބަގްލާދޭޝް ބަލިކޮށް ދިވެހިޓީމް އުއްމީދު އާކޮށްފި

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި، ދިވެހި ޓީމުން އުންމީދު އާކޮށްފި އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާއި ވާދަކުރި މެޗު ދިވެހި ޓީމުން ކާމިޔާބުކުރީ 2 ލަނޑު 0  ލަޑުންނެވެ.

 ދިވެހިޓީމްގެ ފުރަތަމަ މެޗުގައި 1-0 އިން ނޭޕާލް އަތުން ބަލިވެފައިއޮތަސް ރޭގެ މެޗްގައި ދިވެހިޓީމުން ފެނިގެން ދިޔައީ ތަފާތު ކުޅުމެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ރޭމެޗުން މޮޅުވެގެން ނޫންގޮތަކަށް މުބާރާތުގެ ފައިނަލަށް ދިއުމަށް ދިވެހިޓީމަށް ފުރުސަތެއް ނެތުމުންވެސް ދިވެހިޓީމް ރޭގެ މެޗަށް ނިކުމެފައިވަނީ  މެޗުން މޮޅުވެ 3 ޕޮއިންޓް ހޯދުމުގެ  އަޒުމުގަ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީވެސް  ދިވެހިޓީމުންނެވެ.  އެހެންނަމަވެސް ފުރަތަމަ ހާފްގައި ދެޓީމުންކުރެޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފެށިގެންވެސް ދިވެހިޓީމު ފެނުނީ ވަރުގަދަކޮށެވެ. ކުރިއަށް ޖެހި ގޯލެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުން  ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖެއިން ފުރަތަމަ ގޯލު ކާމިޔާބު ކުރި އެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެ ގޯލު ކާމިޔާބު ކުރީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް އޯވާހެޑަކުން ފޮނުވާލައިގެންނެވެ. މި ގޯލަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އަދި މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި އެއް ގޯލެވެ.

ދިވެހިޓީމުން ލަންޑެއް ޖަހާ ލީޑު ހޯދުމުން ބަގްލާދޭޝް ކުޅުންތެރީންވެސް އިތުރަށް ކުޅުން ރަގަޅުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކޮށްފައިވެއެވެ. އެހެން ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ކުރެވޭގޮތެއްވަނީ ނުވިއެވެ.

މިމެޗްގައި ދިވެހި ޓީމަށް ލީޑު ފުޅާކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެއީ މެޗުގެ 74 ވަނަ މިނެޓުގައި ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހަސަން ނާއިޒު (ދާދު) އަށް ބަންގްލަދޭޝްގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ދަނގަޑޭ ކާމިޔާބުކޮށްދިން ގޯލެކެވެ. މިލަނޑަށްފަހުވެސް  ދިވެހިޓީމުގެ ސެންޓޭއާއި ދާދުއަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެ އެވެ

ރޭ މެޗުން މޮޅުވެ ރާއްޖެ ވަނީ ތިން ޕޮއިންޓާއެކު، ޓޭބަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތީ ރޭގެ މެޗުން ބަލިވި  ބަންގްލަދޭޝެވެ. އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ނޭޕާލެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އިންޑިއާ އަށް ދެ ޕޮއިންޓާ އެކު ހަތަރުވަނަ ލިބޭ އިރު، އެއް ޕޮއިންޓާ އެކު ފުލުގައި އޮތް ލަންކާ ވަނީ މުބާރާތުން ކަޓާފަ އެވެ. ނަމަވެސް މުބާރާތުގައި ލަންކާއަށް އަދި އެއް މެޗު ބާކީ އެބަ އޮތެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަގްލާދޭޝް ޓީމުގެ ކޯޗް އޮސްކާ ބުނީ ރާއްޖޭން ހޯދި މޮޅަށް މަރުހަބާ ކިޔާ ކަމަށެވެ.

ދިވެހިޓީމްގެ ކުޅުން ވަރަށް ރަގަޅު . އެކަމަކު ރެފްރީ މިއަދު ހުރީ ފުރަތަމަ މިނިޓުން ފެށިގެން އެއްކޮޅަށް ޖެހި ހުސްވެފައި. މި ކަހަލަ ބޮޑެތި މުބާރާތްތަކުގައި މިކަހަލަ ރެފްރީންނާއެކު ކުރިއަށް ނުގެންދެވޭނެ. އެކަމަކު، އަހަންނެއް ނުބުނާނަން ބަލިވީ ރެފްރީގެ ސަބަބުންނޭ. ދިވެހިޓީމް މޮޅަށް ކުޅުނު. މި ވަރަށް ރެފްރީގެ އެހީތެރިކަން ނުލިބި ވެސް ދިވެހިޓީމް މޮޅުވާނެ، އެއްވެސް ކަމެއް އަހަރެމެންނަށް ރަނގަޅަށް ނުދިޔަ. ބަދަލުގައި އެރުވި ކުޅުންތެރިންގެ ފަރާތުންވެސެ ރަގަޅު ކަންތައްތަކެއް ނުފެނު . މުޅި 90 މިނިޓްގައިވެސް ދިވެހި ޓީމުގެ ކުޅުންތެރީން ފެނުނީ ވަރަށް ވަރުގަދަކޮށް،

ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެ

   ބޯކޮށް ވާރޭ ވެހި ސ. އަތޮޅުމަދަރުސާގައި  ފެންބޮޑުވެއްޖެއެވެ. ރޭ އިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް  މެދު ...

ފަތުރުވެރިކަމަށް ގެއްލުންވާނެފަދަ ޢަމަލެއް ނުހިންގަން – ކަސްޓަމްސް

ޤަވާޢިދާއި ޚިލާފަށް ބަނގުރާ ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ރިސޯޓުތަކުން، އެތަކެތި އަނބުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހިންގާ އޮޕަރޭޝަންގައި، ...

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އައްޑޫސިޓީ ގަމުގައި

އައްޑޫ ސިޓީ ގަމުގައިހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ދާކަމަށް، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެމްއެންޑީއެފް އިން ބުނެފިއެވެ. ...