ފްލައި ދުބާއީ ދަތުރުތަށް އައްޑޫސިޓީގެ ގަމަށް ފެށުމާއި އެކު މޯލްޑިވިއަން އިން ހުވަދޫ ކަނެކްޝަން ދޭނެ ކަމަށް މޯލްޑިވިއަން ހާމަކޮށްފިއެވެ.
މޯލްޑިވިއަނުން މިކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށް ގެންދާއިރު، ފްލައި ދުބާއީ ދަތުރުތަށް އަންނަ އަހަރު ފެބްރުއަރީ މަހު 4 ގައި އައްޑޫސިޓީގެ ގަމަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ފްލައި ދުބާއީ ދަތުރުތަށް އައްޑޫސިޓީގެ ގަމަށް ފެށުމުން ގަމަށް ފްލައިޓު ޖައްސާތާ ދެ ގަޑިއިރު ތެރޭ ހުވަދުއަށް ކަނެކްޝަން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަންއިން ހާމަކުރެއެވެ. މޯލްޑިވިއަން އިން ބުނެފައިވަނީ ގަމުން ކޫއްޑޫއަށް ކުރާ ދަތުރުގެ ދިގުމިނަކީ 40 މިނެޓު ކަމަށެވެ.
މިދަތުރުތައް މިގޮތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާއިރު ހުވަދޫ އަތޮޅުގެ ރިސޯޓުތަކާއި އެކު މޯލްޑިވިއަނުން މިކަމާއިބެހޭ މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ. އަދި މިކަން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އައިޝަތު ޖެނިފަރ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފްލައި ދުބާއީގެ ދަތުރުތައް އައްޑޫއަށް ފަށާއިރު، މިއީ ގިނަ މަންޒިލްތަކާއި އައްޑޫއާއި ގުޅުވާލެވޭނެ ދަތުރުތަކެއް ކަމަށް އޭސް އެވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓް މުހައްމަދު ފިރާޤް ވަނީ ވިދާޅުވެއެވެ.
މިވަގުތު ބައިނަލްއަޤްވާމީ ދަތުރު ގަމަށް ކުރަނީ ސްރީލަންކަން އެއަރލައިންސް އިން އެކަނިއެވެ
ކޮމެންޓްސް (0)