އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް:  އަޝްފާގު މައިލޯ ސިޓީއަށް

މިމަހުގެ 29 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫގައި ފަށާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް  ފުޓްބޯޅަ މުބާރާތުގައި ހިތަދުން ބައިވެރިވާ މައިލޯ ސިޓީއަށް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު  ކުޅޭނެކަމަށް އެޓީމުން ބުނެފިއެވެ.

މިމުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާގޮތުން މުބާރާތުގައި  ބައިވެރިވާ ޓީމްތަކުގައި ކުޅެވޭނީ އެރަށަކަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެންނެވެ. އެނޫން ގޮތަކަށް  ޓީމެއްގައި ކުޅުންތެރިއަކު ބައިވެރިކުރެވެން އޮތީ އެރަށެއްގެ މީހަކާއި އިނދެގެން އުޅޭނަމައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަޝްފާގު މައިލޯ ސިޓީ ޓީމްގައި ހިމެނޭގޮތައް ހަމަޖެހުނީ އަޝްފާގު އަކީ އޭނާގެ ބައްޕަ ފަރާތުން ހިތަދޫ އަށް ނިސްބަތްވާ މީހަކަށް ވުމުންނެވެ.  

މީގެ ކުރިން އަޝްފާގް އައްޑޫސިޓީގައި ބޭއްވުނު އެއްވެސް  މުބާރާތެއްގައި ކުޅެފައި ނުވެއެވެ. އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް އަކީ އައްޑޫ ސިޓީ ކައުންސިލުން އިސްނަންގަވައިގެން އައްޑޫގެ ކްލަބްތަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ. މިއީ މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައ 7 ޓީމަކުން ވަނީ ބައިވެރިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖެންޑާ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި

ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ...

ފެނަކައިގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރަކަށް ލައްމާން

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ. ރައީސް އަބްދުﷲ ޔާމީން މި މަގާމަށް މިއަދު ...

ކޭން މަރުވެއްޖެ

ފުޓުބޯޅަ އަދި ވޮލީ ކުޅުނު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ) މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...