މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފި

މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފިއެވެ.

މި އިންޖީނުގެ ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަށުގެ އާ އިންޖީނުގެ ހުޅުވާފައިވަނީ 29 އަހަރުވީ ކުރީގެ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. މިހާރު ފެނަކަ ކޯޕަރޭޝަނުން އެ ރަށުގައި ހިދުމަތް ދޭނީ އާ އިންޖީނުގެއިންނާއި އާ އޮފީސް އިމާރާތުންނެވެ.

ވޭވަށުގައި ކުރިން ހުރި އިންޖީނުގެއަކީ 61 އަކަމީޓަރުގެ ޖާގައިގެ އިންޖީނުގެއެކެވެ. ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368ކިލޯވޮޓް ނަމަވެސް އަލަށް މިހުޅުވުނު އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ 3 ޖެންސެޓް ބަހައްޓައި ޚިދުމަތްދެވޭނެ ގޮތަށެވެ. އަލަށް މިހުޅުވުނު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 448ކިލޯވޮޓް އެވެ.

އާ އިންޖީނުގޭގައި ހަތަރު މުވައްޒަފުންނަށް މަސައްކަތް ކުރެވޭއިރު އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮމަންޑޫ މަގުމަތީގައި އުމުރުން ދުވަސްވީމީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ށ. ކޮމަންޑޫގައި އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ...

އަވިން އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ބޮޑު ހަ ރަށަށް

އާބާދީ ބޮޑު ހަ ރަށެއްގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. ...

ސިޓީގެ ސާނޭ ގަތުމަށް ކުރަންޖެހޭ މަސައްކަތް ބަޔާނުން ފަށައިފި

މެންޗެސްޓަރ ސިޓީގެ ސާނޭ ގަތުމަށް ކުރަންޖެހޭ މަޝްވަރާތައް ބަޔާން މިއުނިކުގެ އިސްވެރީން ފަށައިފިއެވެ. ޖަރުމަނުގެ ސާނޭއަކީ މިދިޔަ ޖަނަވަރީގެ ...