“ނިއުލައިޓް” ބޯޓު ފުންކޮށްގެން މާމެންދޫ ބަނދަރަށް ގެންގޮސްފި

މާލެއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަނިކޮށް ލ. މާމެންދޫގެ އުތުރު ފަރާތު ފަރަށް އެރި ހުޅުދޫ  “ނިއުލައިން” ބޯޓް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ،މިއަދު ފުންކޮށްފިއެވެ.

މި ބޯޓް ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ  އޮގަސްޓް 9 ވަނަ ދުވަހުގެ ރޭ ފަތިހު 03:25 ހާއިރުކަމަށް އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައިވެއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އުޅަނދެއްގައި ސިފައިން އެ ސަރަހައްދަށް ގޮސް ބޯޓްގެ ފަޅުވެރިންނާ ގުޅިގެން ބޯޓްގައި ހުރި ގިނައަދަދެއްގެ މުދާ ލ.މާމެންދޫއަށް ބޭލުމުގައި ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ބޯޓުން ފަޅައިގެން ގޮސްފައިހުރި ތަންތަން ބެއްދުމުގެ މަސައްކަތްކޮށްފައެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެފްއާރުއެސް ކޮމްޕޯނެންޓްގެ ސިފައިން ވަނީ ބޯޓުން ފެންހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފުން ބުނީ، “ނިއުލައިން” ބޯޓް ފުންކުރުމަށް ބޯޓްގެ ފަޅުވެރިންނާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ކުރި ބުރަ މަސައްކަތުން ބޯޓް ފުންކުރެވިފައި ވަނީ މިއަދު 11:05 ހާއިރު ކަމަށެވެ. އަދި މި ބޯޓް ސަލާމަތްތެރިކަމާއެކު ލ.މާމެންދޫ ބަނދަރަށް ވަނީ ގެނެވިފައި ކަމަށާ މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޓީ ކައުންސިލުތަކަށް ބާރު ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން – ފުވައްމުލަކު މޭޔަރ

ސިޓީ ކައުންސިލުތަކަށް ބާރު ސަރުކާރުން ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން ކަމަށް ފުވައްމުލަކު މޭޔަރ ފަލާހު ޝަރީފް ...

“ކޮބާހޭ ފަންޑު ކުރި މީހާ”

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ...

އެމެރިކާއިން ކޮވިޑް ވެކްސިން ފުރަތަމަ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި

ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާ އިން ހަދިޔާ ކުރާ 25 މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރާ ގައުމުތަކުގެ ...