ބަރުލަމާނީ ގެންނަން ނަޝީދުގެ ކެމްޕެއިން މެނޭޖަރަކަށް ފައްޔާޒުގެ ކެމްޕެއިން މޭޖަރު އިބުރޭ!

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ، ނުފެންނަ ވޯޓެއް އެހުމަށް ގޮވާލައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެޕާޓީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ ޤަރާރާއި، އަދި ބަރުލަމާނީ ކެމްޕެއިންގެ މަސައްކަތުގެ ކެމްޕެއިން މެނޭޖަރަކަށް، އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން މޭނޭޖަރުކަން ކުރެއްވި އިބްރާހިމް ވަހީދު ހަމަޖައްސަވައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް ސާފު، ސާދާ މުތުލަގު ބާރުތަކާ އެކުގައި ސަރުކާރު ހިންގުމަށް އެއް ޕާޓީ އަށް އާދެވުމަކީ ނާދިރު ކަމަކަށްވެފައިވާ ކަމަށެވެ.

އެ ޓްވީޓް ކުރެއްވުމަށް ފަހު، އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ނަޝީދު ކުރެއްވި މެސެޖްގައި ވިދާޅުވީ، ބަރުލަމާނީ ނިޒާމް ކެމްޕެއިން މެނޭޖަރަކަށް އިބްރާހިމް ވަހީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެއީ މާ ކުރިން ނިންމާފައި އޮތް ނިންމުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދުގެ އެ މެސެޖަށް ޖަވާބު ދެއްވައި އިބްރާހިމް ވަހީދު ވިދާޅުވީ، އޭނާއަކީ ބުނާ ބަހެއްގައި ހިފަހައްޓާ މީހެއް ކަމަށެވެ. އެއާ އެކު ނަޝީދު ވިދާޅުވީ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނާވާ ކަމަށެވެ.

ނަޝީދުގެ ބަރުލަމާނީ ކެމްޕެއިނާއި ވަހީދު ހަވާލިވިއިރު ވަހީދަކީ ނިމިދިޔަ އެމްޑީޕީގެ އެންމެ ވާދަވެރި އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދާއި ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ވަހީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ، އަދި ނިމިދިޔަ ކެމްޕެއިންގައިވެސް ބަރުލަމާނީއަށް ތާއީދު ކުރާކަން ވިދާޅުވެފައިވާ ބޭފުޅެކެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ނަޝީދު މަސައްކަތް ކުރައްވަމުން ދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ނަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާ ހައިކޮމިޝަނުން ހުށަހެޅި މައްސަލަ ފުލުހުން ދަނީ ބަލަމުން

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބޭ މައްސަލައާ ގުޅިގެން، އާންމު ރައްޔިތުން މީސްމީޑިއާގައި “އިންޑިއާ އައުޓް” ކިޔުން މައްސަލައަކަށްވެ، ފުލުހުން ...

މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދުން ތިލައަކަށް އަރައިފި

މިއަދު ހެނދު މީދޫ ބަނދަރުން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދާއި ކައިރީގައި އޮތް ...

ދެދުވަހުން އެއްދުވަހު މެޗެއް ކުޅެން މަޝްވަރާކޮށްފި

ކޮވިޑް 19 ގެ ސަބަބުން އަލުން  ފެށޭނެކަމުގެ ޔަގީންކަން ކުޑަވެފައިވާ ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށަން ޖެހިއްޖެނަމަ ...