ބޯ ތަލަވުން ނުވަތަ ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ ފަރުވާއެއް ސައިންސްވެރިން ހޯދައިފި އެވެ.

މިއީ އިސްތަށީގެ ބުޑާއި ހަންގަޑު ގުޅުވައިދޭ “ފޮލިކަލް” އޭ ކިޔޭ ބައި “ސްޓެމް ސެލް” ބޭނުންކޮށްގެން އަލުން އާލާކޮށްދޭ ފަރުވާއެކެވެ.

ސްޓެމް ސެލް ބޭނުންކޮށްގެން މަރުވެފައިވާ ފޮލިކަލްތައް އަލުން ދިރުވުމަށް ސައިންސްވެރިން މީގެ ކުރިން ކޮށްފައިވާ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.

ލެބޯޓްރީތަކުގައި އެންމެ ފަހުން ހެދި ޓެސްޓުތަކުން ސައިންސްވެރިން މިހާރު މިވަނީ މަރުވެފައިވާ ފޮލިކަލްތަކެއް ކާމިޔާބުކަމާއިއެކު ދިރުވާފަ އެވެ. މިއީ ބޯ ތަލަވުމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސައިންސްވެރިން ގަބޫލްކުރެ އެވެ.

މި ދިރާސާގައި ސައިންސްވެރިން ބޭނުންކޮށްފައިވަނީ އިންސާނުންގެ ހަމުގެ ސެލްތަކެކެވެ. އަދި މި ސެލްތަކަށް އިތުރު ތިން “ޖީން” އެއް އެއްކޮށްގެން، ހަށިގަނޑުގައި ހިމެނޭ ހުރިހާ ބާވަތެއްގެ ސެލްއެއް އާލާކުރެވޭ ގޮތަށް މަސައްކަތްކުރާ ސްޓެމް ސެލްއެއް ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

“މިއީ މި ދާއިރާއިން ހޯދިފައިވާ ކުރިއެރުމެއް. ނަމަވެސް އިތުރު ޓެސްޓުތައް އޮތީ ކުރިއަށް. މިއީ އިންސާނުންގެ ބޯ ތަލަވުމާއި ގުޅުންހުރި ދެ ސެލްއެއްގެ ތެރެއިން އެއް ސެލް އަލުން އާލާކުރާނެ ގޮތް. އެހެންވީމަ މި ފަރުވާ ފުރިހަމަ ކުރެވޭނީ އިތުރު ދިރާސާތައް ކޮށްގެން،” މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާގެ ޑރ ޝިއައޮވޭއީ ޝޫ ވިދާޅުވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިކުރި ފުޅާ ޖިންސާއި ފަޓުލޫނު އަނެއްކާވެސް މަޤުބޫލު ޓްރެންޑަކަށް؟

ފައިގެ ރީތި އަދި ލޫޅާފަތި ބައްޓަން ދައްކާލަން ހާއްސަކޮށް ބައެއް އަންހެންވެރިންގެ މެދުގައި ބާރު ސްކިނީ ޖީންސް ވަރެއް ...

ފެޝަން ބުރުގާ އަޅަމުންދިޔަ އަޝްފާ ބުރުގާ ބާލައިފި

ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، ރަސްމީކޮށް ބުރުގާ ...

ނިއުޔޯކް ފެޝަން ވީކްގައި ސަނީ ލިއޯން އާއި ޕްރިޔަންކާ އެކުގައި

ނިއުޔޯކް ފެޝަން ވީކްގައި ބޮލީވުޑްގެ ތަރި ސަނީ ލިއޯން އާއި  ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔާންކާ ...