ކޮވިޑްބަލީގައި  ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ 

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 73 އަހަރުގެ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 278 ކަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރުވަނީ 141،060 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 17،743 ކޭސް އެވެ. މި ބަލިން 123،027 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 63 މީހަކަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގައި ވިޔަފާރިކުރުމުގެ ގަޑިތަކަށް ބަދަލުގެނެސްފި

މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން ދިއުމާއި މިބަލިއަށް ...

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މާދަމާ ކުޅުދުއްފުއްޓަށް

މިއަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާދަމާ ކުޅުދުއްފުށީ ...

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ...