އޮސްކާ އަދި ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސާ އޭ އާރް ރަހްމާން އޭނާގެ އުފަންސްޓޭޓް ޓެމިލް ނާޑުގައި ޝޯއެއް ބާއްވަން ނިންމައިފި އެވެ.

މިއުޒިކްގެ ދާއިރާގައި ހަރަކާތްތެރިވާތާ 25 އަހަރު ފާހަގަ ކުރުމުގެ ގޮތުން އޭނާގެ އުފަން ސްޓޭޓްގައި ޝޯއެއް ދޭން ނިންމިކަން އިއުލާން ކުރަމުން އޭ އާރް ރަހްމާން ބުނީ ޓެމިލް ނާޑޫ އަކީ އަބަދުވެސް ވަރަށް ހާއްސަ ސްޓޭޓެއް ކަމަށެވެ. އަދި އޭނާ ނިސްބަތްވާ އެ ސްޓޭޓްގައި ހުށަހެޅުމެއް ހުށަހަޅާލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ނިއު ޔޯކކްގައި ބޭއްވި ‘އައިފާ 2017’ ގައި ޕާފޯމް ކުރުމަށް ފަހު މިހާރު އޭއާރް ރަހްމަން އަންނަނީ އޭނާގެ މިއުޒިކީ ހަޔާތަށް 25 އަހަރު ފުރުން ފާހަގަ ކުރަމުންނެވެ.

ދެ އަހަރަށް ފަހު އަނެއްކާވެސް އޭނާގެ ޖާދޫވީ މިއުޒިކުން ޓަމަޅައިންނަށް އުފާވެރިކަން ގެނެސްދޭން ނިންމާފައިވާ އޭއާރް ރަހްމާންގެ ޓެމިލް ނާޑޫ ކޮންސެޓެއް އޮންނާނީ ޖެނުއަރީ 12 ގައެވެ. މި ޝޯ ޕްރޮޑިއުސް ކުރާނީ ވިޒްކްރާފްޓް އިންޓަނޭޝަނަލް އެންޓަޓެއިންމެންޓުންނެވެ.

އޭއާރް ރަހްމަނަކީ ކުރީގެ ޓެމިލް ބޭންޑަކުން މިއުޒިކީ ހަޔާތް ފެށި ފަންނާނެެކެވެ. ޓެމިލް ބޭންޑުން ބޮލީވުޑާ ހަމައަށް އައި ބޮލީވުޑާ ހަމައަށް އައި އޭއާރް ރަހްމާން މިއުޒިކުގެ ތެރޭގައި އުޅެންފެށީ އުމުރުން 9 އަހަރުގައެި އޭނާގެ ބައްޕަ އާރްކޭ ޝޭކާރް ފިލުމުތަކަށް ލަވަ ކިޔައިދިނުމުގެ މަސައްކަތުގައި އުޅުން ދުވަސް ވަރެވެ.

އޭރު އޭނާ އަށް ކިޔަނީ ދިލީޕް ޝޭކަރް އެވެ. އައްލާ ރަކާ ރަހްމާންގެ ނަމަށް އޭނާގެ ނަން ބަދަލުކުރީ އާއިލާއިން އިސްލާމްދީން ގަބޫލުކުރިފަހުންނެވެ. އޭއާރް ރަހްމާންގެ ނަމުން އޭނާ މަޝްހޫރުވީ ބޮލީވުޑުގައި މަސައްކަތްކުރަން ފެށިފަހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްރީދޭވީގެ މަރަކީ އެކްސިޑެންޓެއް ނޫން- އިންޑިއާގެ ޕާލިމެންޓް މެމްބަރެއް

ސްރީދޭވީ މަރުވި ޚަބަރާއެކު އޭނާގެ އާއިލާގެ މެމްބަރުންނާއި ފޭނުން އަދިވެސް އަންނަނީ ހިތާމަފާޅު ކުރަމުންނެވެ. ސްރީދޭވީ މަރުވީ ބާތުޓަބަކަށް ...

ޝަލަބީގެ “އާދޭސް”

ފުރަތަމަ މޯލްޑިވިއަން އައިޑަލްއިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އަޑަކީ ގިނަބައެއްގެ މެދުގައި މަޤުބޫލު އަޑެވެ. “ހިތްތަކުގެ އައިޑަލް” ...

ރޭ ޝޯ އިން ވަކިވާންޖެހުނީ އިޝާން އަދި ނާޒިހް

މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގެ ފަހު ބުރުން ރޭގެ ޝޯވ  އިން ވަކިވާންޖެހުނީ އިޝާން އަދި ނާޒިހް އެވެ. ...