އައްޑޫގައި ކާރެއްގައި ރޯކޮށްލައިފި

އައްޑޫ ސިޓީ ސިޓީ ކައުންސިލްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ އިހްސާންގެ ކާރު ގައި އަލިފާން ރޯ ކޮށްލައިފި އެވެ.

ފުލުހުން ބުނީ އައްޑޫގައި ޕާކްކޮށްފައި އޮތް މިކާރުގައި ގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުގެރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވި ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ 53 އިންސައްތަ ނިމިއްޖެ

. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ...

ކޯވިޑް-19 : އިތުރު 16 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާގެ ...

ފޮޓޯގެލަރީ – މީދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް   ފެށުމުގެ ރަސްމިއްޔާތުގެތެރެއިން

07-17 2023 އައްޑޫ ސިޓީ މީދޫ – ސަރުކާރުން މީދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް  ރަސްމީކޮށް ...