އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހުޅުދޫން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ-

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކުން  އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ނެގުނު   ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި 1 ބިދޭސީއެކެވެ.

އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫ ފުލޫކުލިނިކަށް ދެއްކި 3 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 9 މީހަކާއި މަރަދޫގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 3 މީހަކާއި މަރަދޫފޭދޫއިން ޕޮޒިޓިވްވި މީހަކާއި ހުޅުދޫން ޕޮޒިޓިވްވި މީހެކެވެ..  

 އައްޑޫސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން ހޮނިހިރު ދުވަހުގެ  އިރުއޮއްސި ހަޔަކުން އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކާއި ހަމައަށް   14 މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 17 މީހުންނާއެކު އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 243 އެވެ. އެއީ ހިތަދޫގައި ތިބި 167މީހަކާއި މަރަދޫގައި ތިބި 18 މީހަކާއި މަރަދޫފޭދޫގައި ތިބި 20 މީހަކާއި ފޭދޫގައި ތިބި 39 މީހަކާއި ހުޅުދޫގައި ތިބި 2 މީހުންނެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުޓުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 1773 މީކެވެ. އަދި އޭގެތެރެއިން މިހާތަނަށް ބަލިން ފަސޭހަވެގެން  1523 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ، ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް އެއްޗެހި ކީދާނެ. ރޮޒެއިނާ

މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ކަމަށާއި، އަނގަ އޮތިއްޔާ ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް ...

ތުރުކީގެ ޓޫރިޒަމް މިނިސްޓަރ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ...

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔެއް: އިހްސާން

ޤާނޫނު ތަންފީޒު ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ގިނަ މުއައްސަސާތައް ކޮރަޕްޝަނުގެ ހާއްޔަކަށްވެފައިވުންކަމަށް ހޯމްލޭންޑް ...