މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ، ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް އެއްޗެހި ކީދާނެ. ރޮޒެއިނާ

advertisement

މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ކަމަށާއި، އަނގަ އޮތިއްޔާ ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް ވާހަކަ ދެއްކިދާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެވެ.

ރޮޒެއިނާ މިހެންވިދާޅުވީ   ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅުވައި، އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޢަބްދުއްރަޙީމް (އަދުރޭ) ކުރެއްވި ބޮޑެތި ތުހުމަތުތަކާއި ގުޅިގެން ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ރައީސް ސޯލިހުގެ ދަތުރުފުޅާއި ގުޅުވައި، ހުސްވި މަހުގެ 18 ވަނަ ދުވަހު އަދުރޭ ވިދާޅުވީ، ރައީސް ޞާލިޙް ކޮޅުމަޑުލަށް  ކުރެއްވި ދަތުރުފުޅަކީ، އެ އަތޮޅު ކަޅުފަހަލަފުއްޓާއި، ކަނިމީދޫ އަމިއްލަފުޅު ޖީބަށް ބަރުވާގޮތަށް ވިއްކައިލައްވަން ރާއްވަވާފައިވާތީ، ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރެއްވި ދަތުރުފުޅެއްކަމަށް ‏އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މިވާހަކަތަކަށް ރައްދު ދެއްވާ ރާއްޖެ ޓީވީގެ ”ފަލަ ސުރުޚީ“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ރޮޒައިނާ ވިދާޅުވީ ރައީސް ގެ އެދަތުރު ފުޅުގައި ބޭއްވެވި މަދު ބައްދަލުވުމެއް ފިޔަވައި ހުރިހައި ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެކަހަލަ އެއްވެސް ވާހަކައެއް ރައީސް ވިދާޅުނުވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ރައީސްގެ އެދަތުރުފުޅުގައި ހަމަ ޔަޤީނުން ވެސް އެކަހަލަކަމެއް ނުވަތަ އެއްވެސް ފަޅު ރަށެއް ބެއްލެވުމެއް ވެސް ނެތް ކަމަށާއި، ރައީސް ކުރެއްވިހައި ވެސް ކަމަކީ، ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު ބެއްލެވުން ކަމަށެވެ.

މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ، އަނގަ އޮތިއްޔާ ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް އެއްޗެހި ކީދާނެ.
ރޮޒެއިނާ ވިދާޅުވިއެވެ.

”އެއްވެސް ފަޅުރަށެއް ފަޅެއް ކަނޑެއް ގިރިއެއް ބައްލަވާކަށެއް ވިއްކާކަށެއް އެ ތަންތަން އޮބްޒާވް ކުރާކަށެއް ވަޑައެއް ނުގަންނަވާ.“ ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ މި ޒަމާނަކީ ސޯޝަލްމީޑިއާގެ ޒަމާން ކަމަށާއި، ”އަނގަ އޮތިއްޔާ ކޮންމެ މީހަކަށް ވެސް، ކޮންމެ މީހެކޭ ކިޔައިގެން ވެސް އެއްޗެހި ކީދާނެ.“ ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކުން  ފެށިގެން އައްޑޫ ސިޓީއާ ހަމައަށް   މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ...

ލާމަރުކަޒީ ނިންމުން 2021: އަނަސް ބަލި ގަބޫލުކުރައްވާ ޑރ.މުއިއްޒުއަށް މަރުހަބާ ދަންނަވައިފި

އިއްޔެ ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު ...

އިންތިޚާބަށް ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހުޅުމީދޫގައި ބާއްވައިފި

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ...