ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކުރަން މަޖިލީހަށް ބިލެއް ހުށައަޅައިފި

ނިވަލުގައި ދިވެހިން ތިބެގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ބިލެއް ހުށަހަޅައިފި އެެވެ.

ސަރުކާރުގެ ފަރާތުން މެމްބަރު އަބްދުލް ޣަނީ ހުށައަޅުއްވާފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހެއް ގެނައުމަށެވެ. އެގޮތުން ލުގެ ބޭނުމަކީ ދިވެހިން ނިވާފަތްގަނޑަކަށް ވެގެން ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މީގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމާއި ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ގޮތުން، ބިދޭސީންގެ ގަވައިދާ ހިލާފު ވިޔަފާރިތައް ބާތިލު ކުރެވޭނެ އުސޫލު ވެސް ބިލުގައި ހިމަނާފައި ވެއެވެ.

އެގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެއްކާއެކު އެކަން ރަޖިސްޓްރާއަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލު ކުރެވެ އެވެ.

އަމިއްލަ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްދޭ މުއްދަތާއި އެ ރަޖިސްޓްރީ އާ ކޮށްދޭ މުއްދަތުވެސް އިތުރު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އެފަދަ ވިޔަފާރިތައް ފަސް އަހަރު ދުވަހަށް ރަޖިސްޓްރީ ކޮށްދޭން މިހާރު އޮންނަ އުސޫލު ބަދަލުކޮށް 10 އަހަރަށް ރަޖިސްޓްރީކޮށް އިތުރު 10 އަހަރަށް ރަޖިސްޓްރީ އާ ކޮށްދެވޭ ގޮތަށް ހަދަން ބިލުގައި ހިމަނައިފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅޫދޫގައި އަމިއްލަ ފަރާތެއްގެ ހިލޭ އެހީގައި ބިނާކުރާ މިސްކިތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ ސިޓީ، ހުޅޫދޫގައި މުހައްމަދު ސޯލިހުގެ ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ...

މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލް ހުށަހަޅަނީ

މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލްް ހުށަހެޅުމަށް ނިިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ޓީޖީއެސްޓީ އަދި ޖީއެސްޓީ ...

މެންޑޭޓުގައި ނުހިމެނޭ ދެ ޕްރޮޖެކްޓު ބާތިލް ކުރަން ފެނަކައިން ނިންމައިފި

ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ އަދި ކުންފުންޏަށް ގެއްލުންވާގޮތަށް ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ޕީއެންސީގެ ...