ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކުރަން މަޖިލީހަށް ބިލެއް ހުށައަޅައިފި

ނިވަލުގައި ދިވެހިން ތިބެގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ބިލެއް ހުށަހަޅައިފި އެެވެ.

ސަރުކާރުގެ ފަރާތުން މެމްބަރު އަބްދުލް ޣަނީ ހުށައަޅުއްވާފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހެއް ގެނައުމަށެވެ. އެގޮތުން ލުގެ ބޭނުމަކީ ދިވެހިން ނިވާފަތްގަނޑަކަށް ވެގެން ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މީގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމާއި ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ގޮތުން، ބިދޭސީންގެ ގަވައިދާ ހިލާފު ވިޔަފާރިތައް ބާތިލު ކުރެވޭނެ އުސޫލު ވެސް ބިލުގައި ހިމަނާފައި ވެއެވެ.

އެގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެއްކާއެކު އެކަން ރަޖިސްޓްރާއަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލު ކުރެވެ އެވެ.

އަމިއްލަ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްދޭ މުއްދަތާއި އެ ރަޖިސްޓްރީ އާ ކޮށްދޭ މުއްދަތުވެސް އިތުރު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އެފަދަ ވިޔަފާރިތައް ފަސް އަހަރު ދުވަހަށް ރަޖިސްޓްރީ ކޮށްދޭން މިހާރު އޮންނަ އުސޫލު ބަދަލުކޮށް 10 އަހަރަށް ރަޖިސްޓްރީކޮށް އިތުރު 10 އަހަރަށް ރަޖިސްޓްރީ އާ ކޮށްދެވޭ ގޮތަށް ހަދަން ބިލުގައި ހިމަނައިފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން 16/8/2021 ...

ހުޅުދޫއާއި މީދޫގެ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލްކޮށްފި

ހުޅުދޫއާއި މީދޫގެ ބަހާއުއްދީން ހެދުމުގެ މަސައްކަތް  އެމްޓީސީސީއާއި ހަވާލްކޮށްފިއެވެ. މިމަސައްކަތްތައް ހަވާލްކުރުމަށް މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ...

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފި އެވެ. ކުޅުދުއްފުށީގައި ހުންނަ ހދ ...