ވެކްސިނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

ކޮވިޑުން ރައްކާތެރިވެ ދިފާއުވުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ބާރުއަޅާ މިދަނޑިވަޅުގައި ފާޅުގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި ޕުލެޓްފޯމުތަކުގައި ވާހަކަ ދައްކާ މީހުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.

ކްލަބްހައުސްގައި ވަރަށް ފަހުން ބޭއްވި މީޓިންއެއްގައި ބައެއް މީހުން ވަނީ ވެކްސިން ޖެހުމަށް ސަރުކާރުން އާންމުންނަށް މަޖުބޫރުނުކުރެވޭނެ ކަމަށާއި ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމުގެ ޔަގީންކަމެއް ނެތްކަމަށް ވާހަކަ ދައްކާފަ އެވެ.

ވެކްސިންގެ ދެޑޯޒު ފުރިހަމަނުކޮށް ސުކޫލުތަކަށް ވަދެ ނުކުމެ ނޫޅެވޭނެ ކަމަށް އަންގާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ ވެކްސިން ޖެހުމާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުލަބްހައުސްގައި އޮތް މީޓިންއެއްގައި ވާހަކަ ދައްކާފަ އެވެ.

ރާއްޖޭގައި ބަލި ފެތުރެމުން އަންނައިރު މިހާތަނަށް 77،633 މީހަކަށް ބަލިޖެހިފައިވާއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުމަށް ސަރުކާރުން ފެށި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށްވާ 271،552 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ކަރަންޓީނު ނުވެ މިހާރު ރަށްރަށަށް ދަތުރުކުރެވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 22 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި ...

ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފަށައިފި

ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތުގެ މަސައްކަތް ފަށައިފިއެވެ. ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ...

މިއަދު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ފުލޫ ކްލިނަށް ދެއްކި މީހަކު

މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...