ޖުނާ ވަންޑޭ ކަޕް ގެނަމުގައި ކްލަބު ލޮތަރިން ބޭއްވި ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަމައެކަނި މީދޫ ފަތަގުމާގޭ އާއިލާގެ މެމްބަރުން ހިމެނޭ ބްރަދާސް ޔުނައިޓެޑް ހޯދައިފިއެވެ.
ފަތަގުމާގޭ އާއިލާގެ މެމްބަރުން ހިމެނޭ ބްރަދާސް ޔުނައިޓެޑް މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ މީދޫ ފުޓްސަލް ދަނޑުގައި މިމަހުގެ 25 ވަނަ ދުވަހުގެރޭ ކުޅެވުނު ފައިނަލްމެޗްގައި ހުޅުދޫ އެފްސީ އެލީޓު 2 ލަނޑު 1 ލަނޑުން ބަލިކުރުމަށްފަހުގައެވެ.
މި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 0-0 އިން އެއްވަރުވެފައި އޮތުމުން ޗެމްޕިއަންޓީމް ކަނޑައެޅުމަށް ޕެނަލްޓީ ޖެހިޖެހުމުގައި ބްރަދާސްޔުނައިޓެޑުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ރަޔަންއާއި ނިއްޓު ޖެހި ޕެނަލްޓީއެވެ.
އެފްސީ އެލީޓުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ މައުޝޫގުޖެހި ޕެނަލްޓީއެވެ.
ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ހުށަހަޅައިގެން ކުޅެވުނު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަތަގުމާގޭ އާއިލާއަކީ މީދޫގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރީންތަކެއް ހިމެނޭ އާއިލާއެއްކަން ފާހަގަކޮށްލަންޖެހެއެވެ.
މިގޮތުން ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރަށް ކުރީން ވަރަށް ފޯރިގަދަކޮށް އައްޑުއަތޮޅުގައި ކުޅެވޭ ބަށިބޯޅައިން މީދުއަށް ރަންވަނަތަކެއް ހޯދައި ދިނުމުގައި ފަތަގުމާގޭ އާއިލާގެ ކުޅުންތެރީންގެ ދައުރުވަރަށް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.
ފަހަކަށް އައިސް ރަށުފެންވަރުގައި ބޭއްވޭ ތަފާތު ފުޓްބޯޅަ މުބާރާތްތަކުގައި ބްރަދާސް ޔުނައިޓެޑުގެ ނަމުގައި ފަތަގުމާގޭ އާއިލާއަށް ނިސްބަތްވާ ޓީމް ވާދަކޮށް ތަފާތު ކާމިޔާބުތައް ހޯދާފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓްސް (2)
ޕަވަންދީޕު
މަރުހަބާ- ފަތުގުމާގޭ އާއިލާގެ ޓީމް , މިއީ ވަރަށް މަދުއާއިލާއަކަށް ނޫނީ ނުހޯދޭނެ ކާމިޔާބީއެެއް، ޚާއްސަކޮށް މިވަގުތު މުޅިހުޅުދުން ނެގެން އޮތް އެންމެ ވަރުގަދަ ޓީމާ ވާދަކޮށް ތިހޯދި ފަޚުރުވެރިކާމިޔާބީއަކީ ފާހަގަނުކޮށް ދޫކޮށްލަންޖެހޭ ވަރުގެ ކަމެއް ނޫން – މަރުހަބާ
އަނުޝްކާ
ތިކުދިން ތިދެއްކީ އާއިލީ ގުޅުމުގެ ބަދަހިކަން – ތިހޯދި ފަޚުރުވެރިކާމިޔާބަށް މަރުހަބާ ދަންނަވަން