ދެ ސްކޫލެއް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީ ކުރަން ހަވާލުކޮށްފި

ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ އާއި ވ.ތިނަދޫ ސްކޫލް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިދެރަށުގެ ތެރެއިން ވ.ރަކީދޫ ސްކޫލް ތަރައްޤީ ކުރުމުގެ މަސައްކަތް 2،892،480.66 (ދެމިލިއަން އަށްލައްކަ ނުވަދިހަ ދެހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ ފަސްދޮޅަސް ހަލާރީއަށް) ހަވާލުކޮށްފައިވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި 1،340،681.81 ( އެއް މިލިއަން ތިންލައްކަ ސާޅީސް ހާސް ހަސަތޭކަ އަށްޑިހަ އެއް ރުފިޔާ އަށްޑިހަ އެއް ލާރިއަށް) ވ.ތިނަދޫ ސްކޫލް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކުރީ ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަހުމަދު ރިޔާޒްއެވެ. އެސްބްރޯ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވި ޑިރެކްޓަރ ހަސަން މުހައްމަދު ތަވީލްއެވެ. ސިލްވަރ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު އަމީން އިބްރާހީމްއެވެ.

މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ނެތް ދެރަށް ކަމަށްވާ ވ.ރަކީދޫއާއި އެއަތޮޅު ތިނަދޫގައި ސެޓަލައިޓް ސްކޫލިން ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ ސެޓަލައިޓް ސްކޫލިން މެދުވެރިން ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ އިމާރާތެއް ހުންނާނެ ކަމަށާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެކަމަށެވެ. މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާއި ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އެގޮތުން އިންޓަނެޓާއި ކޮމްޕިއުޓަރގެ ވަޞީލަތްތައް ފޯރުކޮށްދޭނެ ކަމަށާއި ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި އެހެން ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ސެޓަލައިޓް ސްކޫލިން ޤާއިމްކުރުމަށް ނިންމާފައިވާއިރު މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާބާދީ މަދު ސްކޫލްތަކަށް ޚާއްސަކޮށް ވަރޗުއަލްކޮށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ސްކޫލް ނެތްއިރު ކުދިން މަދުވުމުގެ ސަބަބުން ކިޔަވައި ނުދެވޭ ސްކޫލްތައްވެސް އެބަހުއްޓެވެ. އެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އަންނަނީ އަތޮޅުގެ ކޮންމެވެސް އެހެން ރަށެއްގެ ސްކޫލަކަށް ގޮސްގެންނެވެ. އެހެންނަމަވެސް ކޮންމެރަށެއްގައިވެސް ދަރިވަރުންނަށް ބޭނުންވާ ތަޢުލީމް އެރަށަކުން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކޯވިޑްގެ ދުވަސްވަރުވެސް ވަނީ އޮންލައިންކޮށްނާއި ޓީވީ މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދީފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހައިވަކަރު އަހުމަދުފުޅުގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަރުކާރަށް އަދި ދިވެހި ޢަސްކަރިއްޔާއަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި މައްޗަންގޮޅި ހައިވަކަރުގޭ ހައިވަކަރު އަޙްމަދުފުޅު ...

ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...

ރަޔަން – ހުރިހާގޮތަކުންވެސް ތަފާތު މޮޅު ކުޅުންތެރިއެއް

ނިމިދިޔަ ގައުމު ސްޓްރީޓް ކަޕް –ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ...