ހައިވަކަރު އަހުމަދުފުޅުގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަރުކާރަށް އަދި ދިވެހި ޢަސްކަރިއްޔާއަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި މައްޗަންގޮޅި ހައިވަކަރުގޭ ހައިވަކަރު އަޙްމަދުފުޅު އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވަމުން، އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، ދިވެހި ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެއްކަމާއި، އަދި އެއީ، ސަރުކާރަށް ޚިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 89 އަހަރެވެ.

އަލްމަރުޙޫމް ހައިވަކަރު އަޙްމަދުފުޅު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 އޮކްޓޯބަރ 1953 ގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ދިވެހި ޢަސްކަރިއްޔާގައެވެ. ޢަސްކަރިއްޔާގެ ޚިދުމަތުގައި 24 އަހަރަށްވުރެ ގިނަ ދުވަހު އުޅުއްވިއިރު، ޢަސްކަރިއްޔާގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. އެގޮތުން ޢަސްކަރިއްޔާގެ ސިފައިންގެ 4 ނަންބަރު ސަރުދާރުކަމާއި، 3 ނަންބަރު ސަރުދާރުކަމާއި، 2 ނަންބަރު ސަރުދާރުކަމާއި، 1 ނަންބަރު ސަރުދާރުކަން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، 3 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، މުލަކަތޮޅު އަތޮޅުވެރިކަމާއި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަންވެސް ކުރެއެްވިއެވެ. މުލަކަތޮޅު އަތޮޅުވެރިކަން 2 ފަހަރެއްގެ މަތިން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ރެންޓަލްސް ޑިވިޜަންގެ އެސިސްޓެންޓް މެނޭޖަރކަމާއި، މެނޭޖަރކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އަދި އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މަސް ފެކްޓްރީގައި ޖާގަ ނެތުމުން، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވަން ކޫއްޑޫއަށް ދިޔުމަށް މިފްކޯއިން އެދިއްޖެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޓޭންކު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރެވެމުންދާތީ، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވުމަށް ...

އަޅުގަޑުގެ ސިޔާސީ ހަޔާތް ނިމުނުކަމަށް ދެކެވަޑައި ނުގަންނަވަން- ރައީސް ނަޝީދު

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް  ނިމުނުކަމަށް ދެކެވަޑައި ނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެވެ. ރައީސް ނަޝީދު މިހެންވިދާޅުވީ ނަޝީދުގެ މައްޗަށް ...

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މީދުން ދީލަތި އެހީއެއް ފޯރުކޮށްދީފި

ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މީދުން ދީލަތި އެހީއެއް ފޯރުކޮށްދީފިއެވެ. މިއެހީއަކީ މީދޫ އަވަށު އޮފީހުން އިސްނަގައިގެން އައިއޯސީ ...