ހުޅުމީދޫގައި ކޮވިޑް ފެތުރިފައިވޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގަނީ

ހުޅުމީދޫގައި ކޮވިޑް ފެތުރިފައިވޭތޯ ބަލަން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ހުޅުމީދޫ ސިއްހީމަރުކަޒު ފަށައިފިއެވެ.  

މިގޮތުން މިއަދު 153 ސާމްޕަލް ނަގާފައިވާއިރު އިއްޔެ ނަގާފައިވަނީ 66 ސާމްޕަލެވެ.

ހުޅުމީދޫ ސިއްހީމަރުކަޒުން ބުނީ ހުޅުމީދޫގައި ކޮވިޑް-19 ފެތުރިފައި ވޭތޯ ބެލުމަށްޓަކައި މިއަދާއި މިރޭ އަދި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.  އެހެން ކަމުން ހުރިހާ ރައްޔިތުން މިކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ ސިއްހީމަރުކަޒުގެ ވަރަށް ބޮޑުއެދުމެއްކަމަށް އެމަރުކަޒުންވަނީ ހާމަކޮށްފައެވެ.

” ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުންދާއިރު ގިނަފަރާތްތަކަކުން މިކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެމުންދާކަމަށާ އެހެންނަމަވެސް ބައެއް ފަރާތްތަކުން މިކަމަށް އެއްބާރުލުން ދެމުންނުދާކަން ފާހަގަކޮށްލަންޖެހޭ . ޚާއްސަ ގޮތެއްގައި ސަރުކާރުގެ މުވައްސަސާތަކުގެ  ތެރެއިން ބައެއް މުވައްސަސާތަކުގެ  މުވައްޒަފުން އެތަންތަނަށް އަޅުގަޑުމެންގެ ސާމްޕަލް ނަގަން ދިއުމުން ސާމްޕަލް ނުދޭންވެގެން މަސައްކަތްކޮށްފައި އެބަހުރި . މިއީ ވަރަށް ދެރަކަމެއް . ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުން މިގޮތައް ކަންތައްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން . ” ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުން ބުނީ ހުޅުމީދޫގައި މިވަގުތު ކޮވިޑްގެ އެކްޓިކް ކޭސްއެއް ނެތްކަމުގައި ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ހާއްސަ ގޮތެއްގައި ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި ސާފުތާހިރު ކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ ބަލި ކޮންޓްރޯލު ކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށް ސިއްހީމަރުކަޒުން ބުނެފައިވެއެވެ.

އަދި ރޯގާއާއި ހުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ ހުޅުމީދޫގައި ޤާއިމު ކޮށްފައިވާ ފުލޫ ކުލިނިކް (ޑީޑީ ޑެންޓަލް ކްލިނިކް) އަށް ގޮސް ޓެސްޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ސިއްހީމަރުކަޒުން  ބުނެފައިވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހުޅުމީދޫގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްއެއް ނެތްކަމުގައި ވިޔަސް ހުޅުމީދޫގައި ހިންގާފައިވާ މޮނިޓަރިންގެ ހާލަތު އުވާލެވޭނީ ރަށުގައި ދިރިއުޅެމުންއަންނަ އާބާދީގެ %30 މީހުން ކޮވިޑަށް ޓެސްޓް ކުރެވި ނަތީޖާ ލިބޭގޮތަކުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިޔާދަކުރަނިވި ހަކަތައިން ހިންގާ ފުރަތަމަ އެއާޕޯޓަކަށް ގަން އެއާޕޯޓް

ރާއްޖޭގައި މުޅިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި، ފިއުޗަ ...

ދުސްތޫރު ދެމެހެއްޓުމުގެ މަސައްކަތް ކުރާ މީހުން ފައިސާގެ ނުފޫޒުގައި ޖެހިގެން ނުވާނެ- ރައީސް ޔާމީން

1 ފެބްރުއަރީގެ އަމުރުން ނަގަން ޖެހޭ ފިލާވަޅަކީ ދުސްތޫރު ދެމެހެއްޓުމުގައި މަސައްކަތް ކުރާ މީހުންގެ ތެރެއަށް ފައިސާގެ ނުފޫޒު ...

ކޯވިޑް-19 : ކުރީގެ ސާމްޕަލްތަކުގެ ނަތީޖާއާއި އެކު މިއަދު 1433 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއަށް އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 1،433މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1،294މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި ...