ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކާއި ފިންލެންޑު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޑެންމާކުގެ ކުޅުންތެރިޔާ ކްރިސްޓަން އެރިކްސިން ދަނޑުމައްޗަށް ވެއްޓުމާއެކު އެރިކްސަންއަށް ވަރަށް އަވަހަށް އަވަސް ފަރުވާ ދެވުނު ކަން ފާހަގަކޮށްލަންޖެހޭ . މިގޮތުން އެރިކްސަންއަށް އަވަސް ފަރުވާދިނުމަށް އެންމެ ފުރަތަމަ މެޑިކަލް ޓީމަށް އިޝާރާތްކުރި ކުޅުންތެރިންގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭހިމެނޭ-
އެރިކްސަން، ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުމާ އެކު ވަގުތު އޭނާ އަށް އަވަހަށް ސީޕީއާރް ދިނުމުގެ ކަންކަން ކުރުމުގައި ޑޮކްޓަރުންގެ ޓީމާއެކު ކިއޭ އަވަސް ވެގެންފައިވޭ – އެރިކްސަންގެ ނޭވާ ނުހުއްޓޭގޮތަށް އަނގަ ބަންދުވިޔަ ނުދީ މެޑިކަލް ޓީމު އަންނަންދެން ކިއޭ ފަރުވާ ދެމުންދިޔަ – އަދި އެރިކްސަންގެ އަނގައިގެ ތެރެއަށް ދޫ ދިޔަ ނުދޭން ވެސް ކިއޭ މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލަންޖެހޭ . އެރިކްސަންގެ އެންމެ ގާތް އެކުވެރިޔާ، ކިއޭ ވަނީ ރޭ އެރިކްސަން އަށް ދިމާވި ކުއްލި ކަންތައްތަކުގެ ތެރޭގައި މުހިއްމު ރޯލުތަކެއް އަދާކޮށްފައި –
މިމެޗްގެ ކުޅުން މެދު ކަނޑާލުމަށްފަހު އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާދޭން ފެށުމުން އޭނަގެ ހާލު ރަގަޅުވަމުން ދިއުމާ ގުޅިގެން މިމެޗްގެ ކުޅުން އަލުން ކުރިއަށް ގެންދެވުނު
މިމެޗް ކުރިއަށް ގެންގޮސް ފިންލަންޑް އަތުން ޑެންމާކް ބަލިވިޔަސް އެރިކްސަންގެ ފުރާނަ ސަލާމަތް ކުރެވި މިހާރު ހާލު ރަނގަޅު ވަމުން އަންނާތީ ޑެންމާކުގެ ކުޅުންތެރީންނާއި ސަޕޯޓަރުންތިބީ ތިބީ ހިތްހަމަ ޖެހިފައެވެ
ކޮމެންޓްސް (0)