މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން މިއަދު މީދޫ ބޮޑުމަގުގައި ގަސްއިންދުމަށް ކުރިއަށް ގެންދެވުނު ޕޮރްގްރާމްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ.
ތާރު އަޅައިގެން ރަގަޅު ފެންވަރުގައި ހަދާފައިވާ މިމަގުގެ ދެފަރާތުގައި ގަސް އިންދުމަށް ތައްޔާރު ކޮށްފައިވާ ތަންތަނުގައި ގަސް އިންދާފައިވަނީ މީދޫގެ އެކިއެކި މުވައްސަސާތަކާއި ޖަމްއިއްޔާތަކުގެ އިތުރަށް ދައުވަތު ދެއްވައިގެން ވަޑައިގެންނެވި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުންނެވެ.
މީދޫ އަވަށު އޮފީހާއި ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދެވުނު ގަސްއިންދުމުގެ މިޕްރޮގްރާމުގައި މީދޫގެ ކޮންމެ މުވައްސަސާއަކުންނާއި ޖަމްއިއްޔާއަކުންވެސް ގަހެއް އިންދާފައިވެއެވެ.
ކޮމެންޓްސް (0)