ހައްދު ފަހަނާ އަޅާފައިވާ އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް، ފަލަސްތީނަށް ތާއީދުކޮށް، ފަލަސްތީނުގެ ރައްޔިތުންނާއެކު މުޅި ހަނިމާދޫ ސްކޫލް ތިބިކަން ދައްކާލިތާ 24 ގަޑިއިރު ވެސް ނުވަނީ އެ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ނިސްބަތްވާ ޓީޗަރަކު، އިޒްރޭލަށް ތާއީދުކޮށް ޢޭނާގެ ފޭސްބުކް ޕްރޮފައިލް ބަދަލުކޮށްފިއެވެ.
އެ ޓީޗަރުގެ މިއަމަލާމެދު ކަންބޮޑުވުން ފާޅުކޮށް، އޭނާގެ އަމަލު ކުށްވެރިކޮށް ހަނިމާދޫ ސްކޫލުން ވަނީ އިއްޔެ ހެނދުނު ނޫސް ބަޔާނެއް އާންމު ކުރަށްވާފައެވެ.
އެ ނޫސް ބަޔާނުގައި ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލާއި، ސީނިއާ މެނޭޖްމަންޓްގައި ހިމެނޭ މުދައްރިސުންނާއި، ސްކޫލް ބޯޑްގެ ޗެއާޕާސަން އަދި ސްކޫލް ޕީޓީއޭގެ ނައިބު ރައީސް ވަނީ ސޮއި ކުރަށްވާފަ އެވެ.
އެ ނޫސް ބަޔާނުގައި ހަނިމާދޫ ސްކޫލުން ވިދާޅުވެފައިވާ ގޮތުގައި، އެ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަންގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ ޢަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައިވާތީ، އެ ސްކޫލުން އެކަމާ ވަރަށް، ހިތާމަ ކުރާކަމަށް ވަނީ ވިދާޅުވެފައެވެ
މިކަމާ ގުޅިގެން އެ ޓީޗަރާމެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށް ހަނިމާދޫ ސްކޫލުން ވިދާޅުވެފަވެއެވެ. އަދި ހަނިމާދޫ ސްކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުން އަދި އެންމެހައި ބެލެނިވެރިން، އަބަދުވެސް ތިބޭނީ ފަލަސްޠީނާ އެކުގައި ކަމަށް އެ ނޫސްބަޔާނުގައި ވިދާޅުވެފަ ވެއެވެ.
“ހައްދުފަހަނަ އަޅާފައިވާ އިޖްރާޢީލްގެ ލާއިންސާނީ ޢުދުވާންތައް، މި ފުރުޞަތުގައިވެސް އެންމެ ހަރުކަށި ޢިބާރާތުން
ކުށްވެރިކޮށް،ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވުންއެދި ﷲގެ ޙަޟްރަތުގައި އިބްތިހާލުވެ ދުޢާ ދަންނަވަމެވެ.”
އެ ނޫސްބަޔާން ނިއްމާލަމުން ވިދާޅުވެފަ ވެއެވެ.
ހަނިމާދޫ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ އެ ޓީޗަރަކީ އެ ސްކޫލްގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެކެވެ. ޕްރިންސިޕް ނެތް ފަހަރެއްގައި އޭނާއާއި ސްކޫލް ހިންގަންވެސް ކުރިން ހަވާލުކުރިއެވެ. “އެބީ ސާ”ގެ ނަމުން މަޝްހޫރުވެފައިވާ އެ ޓީޗަރުގެ ފޭސްބުކް ޕްރޮފައިލް ބަދަލުކޮށްފައި ވަނީ އިއްރޭގެ ( 20 މެއި 2021 ވަނަ ދުވަހުގެރޭ ) ވަގުތެއްގައެވެ.
އިއްޔެއަކީ ހުކުރު ދުވަސްކަމަށް ވިޔަސް، އެކަން އެނގުމާއިއެކު ހަނިމާދޫ ސްކޫލުން މިވަނީ އެކަން ކުއްވެރިކޮށް ބަޔާނެއްނެރެ، އޭނާ އާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ މަސައްކަތް އެސްކޫލުންވަނީ ފަށާފައެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މުޅި ދިވެހިރާއްޖެ ހިމެނޭހެން މުޅި އިސްލާމީ އުންމަތް ދަނީ އަޑު އުފުލަމުންނެވެ.
މަސްދަރު: ޑޮޓްކޮމް
ކޮމެންޓްސް (0)