ކޮވިޑް 19 އަށް މިއަދު ހުޅުދޫއާއި މީދުން ޕޮޒިޓިވްވީ 3 މީހުން

advertisement

އިތުރު 3 މީހަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންނެވެ. އަދި މިމީހުންނަކީ ކަރަންޓީންކޮށްފައިވާ ގޭގެއިން ޕޮޒިޓިވްވި މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ މީދޫ މީހެކެވެ. އަނެއް ދެމީހުން ކުރެ އެކަކީ ހުޅުދޫގައި ދިރިއުޅެންދާ ބިދޭސީއެކެވެ. އަނެއްމީހާއަކީ ހުޅުދޫ މީހެކެވެ.

މައުލޫމާތު ލިބިފައިވާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން މީދޫ މީހާއަކީ އުރުމުން ދުވަސްވެފައިވާ އަންހެނެވެ.

ހުޅުދޫއާއި މީދޫގެ ކޮވިޑް-19ގެ ހާލަތު  ކަންބޮޑުވާ ހާލަތަކަށް ގޮސްފައިވާއިރު  އިއްޔެ 10 މީހުން ހުޅުދޫއާއި މީދުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި 3 މީހުންނާއިި އެކު ޖުމްލަ 62 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. ފޮޒިޓިވްވި އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން ގިނައަދެއްގެ ގޭގޭ ވަނީ ކަރަންޓީނުކޮށްފައެވެ.

ކޮވިޑްގެ ހާލަތު ކަންބޮޑުވާންޖެހޭ މިންވަރަށް ހުޅުދޫއާއި މީދޫގައި ފެތުރެމުންދާއިރު ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ހުޅުދޫއާއި މީދޫ ގައި ހަލުއި ކަމާއެކު ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫ އެއިމްސް ކްލިނިކުން އަންނަ ހަފްތާގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ: އަލީ އިހުސާން

އައްޑޫސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާއިން އަންނަ ހަފްތާ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ...

ފަނޑިޔާރުގެއާއި މެދު ރައްޔިތުންގެ އިތުބާރު މިހާރު ލިބިއްޖެ – ހިސާން

ފަނޑިޔާރުގެތައް މިއަދު ރައްޔިތުންގެ އިތުބާރު ކުރާ ތަންތަނަށް ވެފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ. ...

ފެނަކަވެސް ގައުމީ ޓީމާއެކު

މިމަހު 1 ގައި ފަށައިގެން 16 ގެ ނިޔަލަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ...