ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.
އެޗްޕީއޭ އިން މިއަދު ވަނީ ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
އެގޮތުން އެ ފިޔަވަޅުތައް ހަފްތާއެއްގެ މުއްދަތަކަށް އެޅުމަށް ނިންމާފައި ވެއެެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ހިމެނެއެވެ.
މިހާރު މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރަމުން ދަނީ ގައިދުރުކަން އިސްކޮށްގެންނެވެ.
ކޮމެންޓްސް (0)