ރައީސް ނަޝީދު ހާލުކޮޅު އަންނަނީ ރަނގަޅުވަމުން، އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަނީ

advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާ އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ.އިބްރާހީމް ނާޝިދު (ޑރ.ނާޝް) ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ރައީސް ނަޝީދަށް އޭޑީކޭއިން ޑޮކްޓަރުން ދެއްވާ ފަރުވާއާމެދު އާއިލާއިން އަދި ރައީސް ނަޝީދުވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ. ޑޮކްޓަރުންނާއި ހަވާލާދެއްވާ ޑރ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނައަށް ގެއްލުވާނެ އެއްވެސް ކަމެއް މިވަގުތުނެތްކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ރަނގަޅުވަމުން އަންނަކަމަށެވެ.

ޑރ. ނާޝިދު ވިދާޅުވީ މިވަގުތު ރައީސް ނަޝީދު އެމަޖެންސީގައި ރާއްޖެއިން ބޭރަށް ގެންދަން ނުޖެހުނު ނަމަވެސް އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވުމަށް ނިންމަންޖެހޭ ނިންމުންތައް މިއަދު ނިންމަވާނެކަމަށެވެ.

” މިހާރު ވަރަށް ރަނގަޅު، ވާހަކަވެސް ދައްކަވާ، ކޮޅަށް ތެދުވެ އިށީނދެވެސް ހައްދަވާ ، ދިޔާ އެއްޗެހިވެސް މިހާރު ބޮއި. ވަރަށް ބޮޑަށް އިމްޕްރޫވް، އެހެންވެ އެމެޖެންސީކޮށް ބޭރަށް ގެންދާކަށް ނޫޅެން، އެކަމުވެސް މިއަދު އަދި ފައިނަލް ކުރެވޭނެ ދާނެ ތާރީޚެއް ޑޮކްޓަރުންނާ ވާހަކަ ދައްކާފަ.” ޑރ. ނާޝް ވިދާޅުވިއެވެ.

މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޫސާ ސިއްދީގުގެ މައްސަލައެއް ތަހުގީގުކުރަމުން އެބަދޭ- ހުޅުދޫ ވޮއިސް

ހުޅުދޫ އޮފީހުގެ ރަސްމީ ލިޔެކިއުންތަކަކަށް އުނިއިިތުރު ގެނައުމާ ގުޅިގެން، ހުޅުދޫ އޮފީހުގެ ޑިރެކްޓަރ މޫސާ ސިއްދީގުގެ މައްސަލައެއް ސިވިލް ...

ފޮޓޯއިން ޚަބަރު: ކޮވިޑް19 – ދަތުރުވެރީންގެ ޓެމްޕްރޭޗަރ ޗެކްކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނި މިހާރު މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ކްރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް ...

އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ...