ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް ތުހުމަތުވާ މީހާ ރޭ ފަތިހު ފުލުުހުން ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ޣާޒީ ސްކޫލް ސަރަހައްދުގައި ހުންނަ ފްލެޓް 95 ޖީ 2 އިން ރޭ ފަތިހު 4:00 އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

.ފުލުހުން ވެސް މިއަދު ބުނެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ބޮޑު ސަސްޕެކްޓު ކަމަށް ތުހުމަތު ކުރެވި ހޯދަން ފޮޓޯ އާންމުކުރި މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ފުލުހުން ވަނީ އެ މީހާ ހޯދުމަށް އާންމުން އެހީތެރިވުމަށް އާދޭހާ އެކު އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ފުލުހުން ރޭ ހައްޔަރު ކުރީ އާންމުން އެކި ގޮތްގޮތުން ފޯރުކޮށް ދިން މައުލޫމާތުގެ އަލީގަ އެވެ. އެ މީހާ އަކީ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި ބޮމުގެ ބަޓަނަށް ފިތާލި މީހާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ފުލުހުން ވަނީ ރައީސް ނަޝީދަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް އިއްޔެ އާންމުކޮށްފަ އެވެ. ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީ ހުރުމަށްފަހު ބޮން ގޮވުމާއެކު ވަރަށް ބާރަށް އެމީހާ ދުއްވައި ގަންނަ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާ ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

އެ ދެ މީހުންގެ ތެރެއިން ތަހުމީން އަހްމަދަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކުރި ސައިކަލްގެ ވެރިފަރާތް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުންނަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި

އައްޑޫ ސިޓީގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި އެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީގައި ...

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ : 60 ދިވެހިން އަދި 68 ބިދޭސީން

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ ޖުމްލަ 128 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން މި ...

ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ އަޅާނެ ބަޔަކު ހޯދަނީ

ފުވައްމުލައް ސިޓީގައި ސަރުކާރުން ތަރައްޤީކުރާ “ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ” އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ. މި ...