އޭއެފްސީ ކަޕްގެ މެޗްތައް ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭނެ: މިނިސްޓަރ މަޙްލޫފު

އޭއެފްސީ ކަޕްގެ މެޗްތަށް ލާމު ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑުގައި ކުޅެވިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިހެންވިދާޅުވީ ލ.ގަމުގެ ޒޯން ސްޓޭޑިއަމް ހުޅުވުމަށް އެސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު ( 3 ޑިސެމްބަރ 2020 ވަނަ ދުވަހު ) ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާދަކަދައްކަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ މިސަރުކާރުން އަތޮޅުތަކުގައި ކުޅިވަރު ތަރައްގީ ކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މާލޭގެ އިތުރުން ފުޓްބޯޅަ ދަނޑުތަކާއި ފުޓްސެލް ދަނޑުތަށްވެސް ރަށްރަށުގައި އަޅާ ނިމި ކުޅެމުންދާކަމަށާއި އަދި މިހާރު ވަރަށް ގިނަ ރަށްރަށުގައި އެކި ދަނޑުތަކާއި ކޯޓްތަކުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މިނިމިގެންދާ 1 އަހަރު ދުވަހުގެ ތެރޭގައި މިއީ މަސައްކަތް ނިމި ހުޅުވިގެންދާ 9ވަނަ ދަނޑުކަމަށާއި 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށްވެސް މިނިސްޓަރ މުހުލޫފު ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރުން މާލެއަށް ތޮއްޖެހިފައިވާ ކުޅިވަރުގެ ވަސީލަތްތަކާއި ކުޅިވަރު މުބާރާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަދަލްކުރަމުންދާކަމަށްވެސް ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވިއެވެ.

ލ.ގަން ޒޯން ސްޓޭޑިއަމް

މިނިސްޓަރ މަހުލޫފް ވިދާޅުވީ އުއްމީދަކީ ލ.އަތޮޅުގެ ކުދިން މިޒޯން ސްޓޭޑިއަމްގައި ކުޅެ، ރާއްޖެއަށް ރީތި ނަން ހޯދައިދޭތަން ފެނުންކަމަށެވެ. މިއަދުގެ ސަރުކާރުން ކުޅިވަރަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ބޮޑެތި އަދަދުތަކުން ހަރަދު ކުރަމުންދާކަމަށާއި މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ މެޑަލްވެސް ހޯދާފައިވަނީ މިސަރުކާރުގެ ބުރަ މަސައްކަތުންކަމަށް މަހުލޫފް ވިދާޅުވިއެވެ.

އޭއެފްސީ ކަޕްގެ މެޗްތައް މިއަދާހަމައަށް ކުޅެފައިވަނީ މާލޭގައި އެކަންޏެވެ. 2014ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އޭއެފްސީ ޗެލެންޖްކަޕްގެ މެޗްތަށް ކުޅެފައިވަނީ މާލޭގެ އިތުރުން އައްޑޫ ސީޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

ގަމު ޒޯން ސްޓޭޑިއަން ހުޅުއްވައިދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން- ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގާނެކަމަށް އިދިކޮޅު ...

ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ...

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އެފްސީގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި މިރޭ ކުޅެވުނު ގްރޫޕް ސީ ގެ މެޗް މީދޫ ލޮތަރި އެފްސީ ކާމިޔާބުކޮށްފިއެވެ. މީދޫ ...