މިއަދުން ފެށިގެން ކޮވިޑް-19 ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން މީގެ ކުރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ހާމަކޮށްފައިވާގޮތުން މިއަދުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި، މާލެއިން ރަށްރަށަށްދާ ފަރާތްތައް އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށްދާ މީހުންގެ ކަރަންޓީންވާންޖެހޭ  މުއްދަތަކީ ދިހަ ދުވަސްކަމަށް ވަނީ ނިންމާފައެވެ. އަދި މިގޮތައް 10 ދުވަހަށް ކަރަންޓީން ކުރެވޭ ފަރާތްތައް ކަރަންޓީނުން ދޫކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި އެކުގައިކަމަށްވެސް އެޗްޕީއޭގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓް ހިންގާ ރަށްރަށުގައި ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށްވެސް ވަނީ އަންގާފައެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށްވެސް އެޗްޕީއޭގެ ލިއުމުގައި ވަނީ އެދިފައެވެ.

މި އުސޫލަށް އަމަލުކުރަން ޖެހޭނީ މިއަދުން ފެށިގެން ދަތުރުކުރާ ފަރާތްތަކަމަށްވެސް އެޗްޕީއޭގެ އައުގައިޑްލައިނުގައިވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭގެ އައު ގައިޑްލައިނުގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި  ޕޮޒިޓިވް ކޭސްތަކާއި އެފަރާތްތަކާއި ކޮންޓެކްޓްވާ ބަލިމީހުން ކަރަންޓީންގައި އަދިވެސް 14 ދުވަސް ތިބެންޖެހޭނެކަމަށް ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19-ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ބަލިމަޑުކަމުގެ އައު ރާޅެއް

އިންޑިޔާއިން އެންމެ ފެނުނު ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ފާއިތުވި ހަފުތާގެ ތެރޭގައި އޭޝިޔާގެ ސަރަޙައްދުތަކުގައި ...

އައްޑޫސިޓީންއިއްޔެ ޕޮޒިޓިވް ކޭސްއެއް ނުފެނޭ – 3 މީހުން ބަލިން ރަނގަޅުވި

އައްޑޫސިޓީން އިއްޔެ ކޮވިޑުގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ...

އޮމިކްރޯން ވޭރިއަންޓް ސްރީ ލަންކާއިންވެސް ފެނިއްޖެ

އޮމިކްރޯން ވޭރިއަންޓްގެ ކޭސްއެއް ސްރީލަންކާއިންވެސް ފެނިއްޖެވެ. ސްރީ ލަންކާގެ ހެލްތު ޕްރޮމޯޝަން ބޯޑު (އެޗްޕީބީ) އިން ވަނީ އެކަން ...