އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި މިހާރު ކުރިއަށްދާ ” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ ” ފައިނަލްގައި މީދޫޓީމާ ވާދަކުރާނެ ޓީމަކަށް ފޭދޫ ފާހި ސްޕޯޓްސް ކްލަބް ހޮވިއްޖެވެ.
ފޭދޫ ފާހި ސްޕޯޓްސް ކްލަބް ފައިނަލަށް ހޮވުނީ އިއްޔެ ހަވީރު ކުޅެވުނު މިމުބާރާތުގެ 3 ވަނަ ސެމީފައިނަލްމެޗްގައި ފޭދޫ ވޮލީޓީމާ ބައްދަލުކޮށް ކުޅުނުމެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކޮށްގެންނެވެ.
ރާއްޖޭގެ ގައުމީޓީމުގައި ހިމެނޭ ފޭދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ސިންޑީއާއި އިންޑިޔާގެ ކުޅުންތެރިއަކު ހިމަނައިގެން ކުޅުނު ފޭދޫ ވޮލީޓީމުން އިއްޔެ ކުޅުނުމެޗްގެ ފުރަތަމަ ސެޓް ހޯދީ 30-28 އިންނެވެ.
އެހެންނަމަވެސް ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފޭދޫގެ އަހުމަދުދީދީ ( އަހައްމޫ ) އާއި މޫނާ ހިމެނިގެން ފޭދޫޓީމާ ވާދަކުރި ފާހި ސްޕޯޓްސުން މިމެޗްގެ ދެވަނަ ސެޓް 25-22 އިން ހޯދިއިރު އެޓީމުން 3 ވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ. އަދި 4 ވަނަ ސެޓް އެޓީމުން 25-16 އިން ކާމިޔާބުކޮށް ފައިނަލްގެ ފުރުސަތުވަނީ ހޯދާފައެވެ.
ފޭދޫ ވޮލީޓީމް މިމެޗުން އެހާ ފަސޭހައިން ބަލިވެން ދިޔައީ ކީއްވެންތޯ އެޓީމުގެ ޝަރަފްއާއި ސުވާލުކުރުމުން ޝަރަފްބުނީ ” މީދޫޓީމާ ވާދަކޮށް ކުޅުނުމެޗްގައި ޓީމްގެ ކުޅުންތެރީންގެ ފަރާތުން ކުޅުނު ކަހަލަ ރަގަޅު ކުޅުމެއް އިއްޔެ މެޗްގައި ކުޅުންތެރީންގެ ފަރާތުން ނުކުޅެވިގެން މެޗުން ބަލިވީކަމަށެވެ.
” އެއްވެސް ކުޅުންތެރިއަކު އެންޖަރީއެއްގައިވެސް ނެތް ، އެކަމަކު އިއްޔެގެ މެޗްގައި މީދޫޓީމާ ވާދަކޮށް ކުޅުނު ކަހަލަ ރަގަޅު ކުޅުމެއް ކުޅުންތެރީންނަށް ނުކުޅެވުނު ، ޓީމު ކުޅުންތެރީންގެ ފަރާތުން އިއްޔެ ފެނިގެންދިޔައީ ވަރަށް ދަށްކުޅުމެއް ، އެއީ ކީއްވެގެން ދިމާވިކަމެއްކަމަށް އަހަންނަކަށްވެސް ބުނަން ނޭގޭ ، ބަދަލުތަކެއް ގެނެސް ޓީމްގެ ކުޅުން ރަގަޅު ކުރެވޭތޯ ވަރަށް މަސައްކަތްކުރިން ، އެކަމކު އެކަން އިއްޔެގެ މެޗްގައި ކާމިޔާބު ވާގޮތެއްނުވި ، އެއާއި ޚިލާފަށް ފާހި ސްޕޯޓްގެ ކުޅުންތެރީންގެ ފަރާތުން އިއްޔެގެ މެޗްގައި ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާ ޚާއްސްކޮށް އަހައްމޫގެ ޒުވާން ދުވަސްވަރު އޭނަގެ ފަރާތުން ފެނުނު ކަހަލަ ރަގަޅު ކުޅުމެއް އިއްޔެގެ މެޗްގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ، އަދި މީގެ އިތުރަށް މޫނާގެ ފަރާތުންވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވޭ .” އިއްޔެގެ މެޗާބެހޭގޮތުން ފޭދޫޓީމްގެ ޝަރަފް ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
އިއްޔެ ކުޅެވުނު މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ފާހި ސްޕޯޓްސްގެ ސަފޫރާ ފާރޫގު ހޮވާފައިވާއިރު މިމެޗްގެ މޭން އޮފްދަ މެޗަކަށް ހޮވާފައިވަނީ ފާހި ސްޕޯޓްސްގެ އަހުމަދު ދީދީއެވެ.
ފާހި ސްޕޯޓްސް ކްލަބާ މީދޫ ޓީމް ވާދަކުރާ ފައިނަލްމެޗްގެ ކުޅުން އޮންނާނީ މާދަމާ ( 1 ޑިސެރމްބަރ 2020 ވާ އަންގާރަދުވަހު ) ހަވީރު އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ ވޮލީ ކޯޓްގައެވެ.
މިދެޓީމް މިމުބާރާތުގެ ފައިނަލަށް ހޮވިފައިވާއިރު މިދެޓީމްވަނީ މިމުބާރާތުގެ 3 ވަނަ މެޗްގައި ވާދަކޮށްފައެވެ. އެމެޗް ސީދާ ތިންސެޓުން މީދޫޓީމް ވަނީ ކާމިޔާބުކޮށްފައެވެ. އެމެޗް ސީދާ ތިންސެޓުން މީދޫ ޓީމް ކާމިޔާބުކުރިނަމަވެސް ފައިނަލްމެޗްގައި ފާހި ސްޕޯޓްސް ކްލަބުގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އެހެން މީދޫޓީމްގެ ކުޅުންތެރީން އެމެޗް ފަސޭހަވާނެކަމަށް ބެލުމަކީ ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލްކުރާގޮތުގައި ރަގަޅުކަމެއް ނޫނެވެ.
ކޮމެންޓްސް (0)