ރާއްޖެއިން ކޮވިޑް 19 އަށް އިއްޔެ 176 މީހަކު ޕޮޒިޓިވްވެ ޕޮޒިޓިވްވި ދިވެހިންގެ އަދަދު 141 އަރާފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުއެޗްއީއޯސީން ހާމަކޮށްފިއެވެ.
އޭގެތެރެއިން އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 2 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 141 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 10 މީހަކާއި ސްޕެއިންގެ 2 މީހެކެވެ. މިވަގުތު 2636 މީހަކު ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
އެޗްއީއޯސީން ހާމަކޮށްފައިވާގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ 1458 މީހަކެވެ. އަދި މީގެ އިތުރަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 162 މީހެކެވެ.
އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުން ޖުމްލަ އަދަދު މިހާރު މިވަނީ 7225 އަކަށް އަރާފައެވެ.
ކޮވިޑް ރާއްޖޭގައި ކޮންޓްރޯލްވުމެއް ނެތި އިންތިހާއަށް ފެތުރެމުންދާތީވެ ބައްޔަށް ފަރުވާ ދިނުމަށް މަސައްކަތްކުރާ ސިއްޙީ އެހީތެރިން މަދުވަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.
އެހެންކަމާއެކު ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީތަކަށް އަތޮޅުތަކުން ސިއްޙީ އެހީތެރިން ގެނައުމުގެ މަސައްކަތަށް ކުރަމުންދާކަމަށްވެސް އެޗްއީއޯސީން ހާމަކޮށްފައިވެއެވެ.
ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ. ރާއްޖޭގައި މި ބައްޔަށް ޓެސްޓްކުރުމަށް މިހާތަނަށް 106،909 ސާމްޕަލެއް ވަނީ ނަގާފައެވެ.
ކޮމެންޓްސް (0)