އައްޑޫ އީދު ފެސްޓިވަލް 2022: ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފައްކަމަނާޓީމް ހޯދައިފި  

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން މީދޫގައި ކުރިއަށް ގެންދިޔަ ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ” ފައްކަމަނާ ” ޓީމް ހޯދައިފިއެވެ.

4 ޓީމް ވާދަކުރި މިމުބާރާތުގެ ޗެމްޕިއަންކަން ފައްކަމަނާ ޓީމް ހޯދީ މިމުބާރާތުގައި ކުޅެވުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ހޮވުނު ” ކަނޑޮފިށި ” ޓީމް ބަލިކުރުމަށްފަހުގައެވެ.

ކަނޑޮފިށި ޓީމް – ފައިނަލްމެޗްގައި ކަނޑޮފިށިޓީމް ބަލިވީ 3 ސެޓް 1 ސެޓުން

މީދޫ ޓުއަރިޒަން ޒޯން ސަރަހައްދުގައި މިމުބާރާތައްޓަކައި ތައްޔާރުކުރެވުނު ވޮލީ ކޯޓްގައި މިއަދު ހަވީރު ކުޅެވުނުފައިނަލްމެޗް ކާމިޔާބުކޮށް ފައްކަމަނާޓީމް ޗެމްޕިއަންކަން ހޯދީ 3 ސެޓް 1 ސެޓުން ކަނޑޮފިށި ޓީމް ބަލިކުރުމަށްފަހުއެވެ.

މިމެޗްގެ ފުރަތަސެޓް 21-19 އަދި ދެވަނަ ސެޓް 21-14 އިން ފައްކަމަނާޓީމް ހޯދާފައިވަނިކޮށް 3 ވަނަ ސެޓް 21- 19 އިން ހޯދީ ކަނޑޮފިށިޓީމެވެ. އެކަމަކު 4 ވަނަ ސެޓް 21-16 އިން ހޯދީ ފައްކަމަނާޓީމެވެ.

މިއަދު ހަވީރު ކުޅެވުނު  ޕާކް ވޮލީ މުބާރާތުގެ ފައިނަލްމެޗް ޝަރަފްވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް ސަތޯއެވެ.

މިމުބާރާތުގެ އެކިމަގާމް ތަކަށް ހޮވުނު ކުޅުންތެރީންނަށާ ޓީމްތަކަށް އައްޑޫސިޓީ ކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމްތައް ޓީމްތަކާއި ކުޅުންތެރީންނާއި ހަވާލްކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މިރޭ މީދޫގައި ކުރިއަށް ގެންދެވޭ މިއުޒިކް ޝޯވގެ ތެރެއިންނެވެ.

ޕާކް ވޮލީ މުބާރާތަކީ އައްޑޫ އީދޫ ފެސްޓިވަލް 2022 ގައި ހިމަނައިގެން އައްޑޫސިޓީ ކައުންސިލާއި މީދޫ އަވަށު އޮފީސް ގުޅިގެން ކުރިއަށް ގެންދެވުނު މުބާރާތެކެވެ.

އައްޑޫ އީދޫ ފެސްޓިވަލް 2022: ސ. މީދޫ – ޕާކް ވޮލީ މުބާރާތުގެ ފައިނަލްގައި ކުޅުނު ފައްކަމަނާޓީމާއި ކަނޑޮފިށިޓީމް

އައްޑޫ އީދޫ ފެސްޓިވަލް 2022: ސ. މީދޫ – ޕާކް ވޮލީ މުބާރާތުގެ ފައިނަލްގައި ކުޅުނު ދެޓީމާއި ފައިނަލްމެޗްގެ ޝަރަފްވެރި މެހުމާނު ސަތޯ ސަލާން ކުރައްވަނީ  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިވަގުތުގެ އެންމެބޮޑު އަމާޒަކީ ރައީސް ނަޝީދަށް ޙަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން – ރައީސް

މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުން ހޯދައި އެމީހުން ...

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން ...