މަންތަރަ ޖޫނިއާސް ބަލިކޮށް ސީ ގްރޫޕް އެއްވަނަ ޓީމްގެ ގޮތުގައި ސަންއޮފްލޮންސް ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަންތަރަ ޖޫނިއާސް ބަލިކޮޑް ގްރޫޕް ސީގެ އެއްވަނަ ޓީމްގެ ގޮތުގައި ސަން އޮފް ލޮންސް ކްއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ގްރޫޕް ސީގެ 7 ވަނަ މެޗްގައި ސަން އޮފް ލޮންސް  މަންތަރަ ޖޫނިއާސްގެ މައްޗަށް ކުރިހޯދީ ހަތަރު ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ހާފް  0-0 ން އެއްވަރުވެގެން ނިމުނުކަމުގައި ވިޔަސް ދެވަނަ ހާފްގެ 12 ވަނަ މިނިޓްގައި އަލީ ނާފިއު ( ކަޅޭ )  ސަންއޮފް ލޮންސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ 16 ވަނަ މިނިޓްގައި ކާމިޔަބުކޮށްދިނީ ހުސެން ޝިފާޒެވެ.  އެޓީމުގެ 3 ވަނަ ލަނޑާއި 4 ވަނަ ލަނޑު ދެވަނަ ހާފްގެ 18 ވަނަ މިނިޓާއި 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އރުމީޝްއެވެ.

މިމެޗުން މޮޅުވެ ސަންއޮފްލޮންސް ގްރޫޕް ސީގެ  އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓަރ ފައިނަލުން ޖާގަ ހޯދީ 9 ޕޮއިންޓާއެކުއެވެ. މިމެޗުން ދެރަވި މަންތަރަ ޖޫނިއާސްއަށް 3 މެޗު ކުޅެގެން ލިބިފައިވަނީ 4 ޕޮއިންޓެވެ. މިގްރޫޕް ގައި ދެން ހިމެނޭޓީމްތަކުގެ ތެރެއިން ހުޅުދޫ ޔުނައިޓެޑް ބޯއިސްއަށްވެސް 3 މެޗު ކުޅެގެން 4 ޕޮއިންޓް ލިބިފައިވާއިރު ފޭދޫ އެފްއާރުޓީއަށް 3 މެޗު ކުޅެގެން 3 މެޗުން ދެރަވެ އެއްވެސް ޕޮއިންޓެއް ލިބިފައިނުވެއެވެ. ދެން މިގްރޫޕްގައި ހިމެނޭ މީދޫ ލޮތަރިއަށް 2 މެޗު ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ. އެހެންކަމުން މިގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކްއާޓާރ ފައިނަލަށް ހޮވުމުގެ ފުރުސަތު ލޮތަރިއާއި މަންތަރަ ޖޫނިއާސްގެ އިތުރަށް ޔުނައިޓެޑް ބޯއިސްއަށް ލިބިފައިވެއެވެ.

މިރޭ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވނީ މިމެޗްގައި ސަންއޮފްލޮންސަށް 2 ލަނޑު ކާމިޔާބުކޮށްދިން އަރުމީޝްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮމިކްރޯން 8 ދިވެއްސަކަށް ޖެހި މާފުއްޓާއި ކުޑަހުވަދޫންވެސް އޮމިކްރޯންގެ ކޭސްތައް ފެނިއްޖެ

ކޮވިޑް19 ގެ އައު ވޭރިއަންޓު ކަމަށްވާ އޮމިކްރޮން 8 ދިވެއްސަކަށް ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...

ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން އިހުތިޖާޖުކޮށްފި

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ އައްޑޫގެ މަސްވެރިންތަކެއް އިހުތިޖާޖުކޮށްފި އެވެ. މި އިހުތިޖާޖު އޮތީ ހުޅުމީދޫފައި ...

އިސްކަންދެނީ ވަޢުދު ފުއްދުމަށް، ބައިވަރު ވައުދު ފުއްދަން އެބައޮތް: ރައީސް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމަށްވުރެއް ބޮޑު ވިސްނުމެއް އޮތީ، ވެފައިވާ ވައުދުތައް ...