ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު ކުޅުނުމެޗް އެފްސީ ބީރިކަނާ ކާމިޔާބުކޮށްފިއެވެ.

އައްޑޫސިޓީ މީދޫގައި  މިހާރު ކުރިއަށްދާ މިމުބާރާތުގެ މިއަދުގެ މެޗް އެފްސީ ބީރިކަނާ ކާމިޔާބު ކޮށްފައިވަނީ މީދޫ އެފްސީ ގަންބުރިއާއި  ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ.  މިމެޗުން ބީރިކަނާ މޮޅުވުމުން އެޓީމު މިމުބާރާތުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓް ވަނީ ލިބިފައެވެ.

މިއަދުގެ މެޗުން ބީރިކަނާ މޮޅުވި ލަނޑު ކާމިޔާބުކުރި ހޫދު އަދި މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑިއު

މިމެޗުން ދެރަވި އެފްސީ ގަންބުރި މިމުބާރާތުގައި ޗެލެންޖާސްއާއި ބައްދަލުކޮށް ކުޅުނު މެޗުންވެސް 2 ލަނޑު 1 ލަނޑުން ބަލިވެފައިވާތީ އެޓީމަށް ދެމެޗު ކުޅެގެން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމެޗްގައި ބީރިކަނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި  ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ހޫދުއެވެ.  މިމެޗް 1 ލަނޑު 0 ލަނޑުން ބީރިކަނާ ކާމިޔާބުކުރިއަސް މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައި ވަނީ އެފްސީ ގަންބުރި ޓީމުންނެވެ.

5 ޓީމް ހިމެނޭ ގްރޫޕް އޭ ގައި މިއަދު ހަވީރު  ކުޅެވުނު މެޗަށް ފަހު ޕޮއންޓްގެ ގޮތުން އެއްވަނާގައި އޮތީ 2 ކުޅެގެން 2 މެޗުން މޮޅުވެ 6 ޕޮއިންޓް ލިބިފައިވާ ޗެލެންޖާސްއާއި ބީރިކަނާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އެފްސީގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި މިރޭ ކުޅެވުނު ގްރޫޕް ސީ ގެ މެޗް މީދޫ ލޮތަރި އެފްސީ ކާމިޔާބުކޮށްފިއެވެ. މީދޫ ...

ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ...

ހުޅުޖެހި ނަމަވެސް ކެމްޕެއިނަށް އަސަރު ނުކުރާނެ- ރޮޒެއިނާ

ހުޅުޖެހި ނަމަވެސް ކެމްޕެއިނަށް އަސަރު ނުކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ...