ގައުމު ސްޓްރީޓް ކަޕް – ލޮތަރި އެފްސީގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި މިރޭ ކުޅެވުނު ގްރޫޕް ސީ ގެ މެޗް މީދޫ ލޮތަރި އެފްސީ ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗް ލޮތަރި އެފްސީ  ކާމިޔާބުކުރީ ފޭދޫ އެފްއާރުޓީއާއި ބައްދަލުކޮށް 4 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގައި ލޮތަރި އެފްސީން ކާމިޔާބުކުރި 4 ލަނޑުގެ ތެރެއިން ރަޔަން މުއްސަދު މަންސޫރު 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ދެލަނޑު  ކާމިޔާބުކޮށްދީފައިވަނީ އަހުމަދު މުންސިފު އަދި މުހައްމަދު ޒާލިފެވެ. މިމެޗްގައި އަހުމަދު މުންސިފް ކާމިޔާބުކޮށްދިން ލަނޑަކީ އެފްއާރުޓީން ފުރަތަމަ ހާފްގައި 4 ފައުލަށް ވުރެ އިތުރަށް ފައުލްކޮށްގެން ލޮތަރި އެފްސީއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.  މީގެ އިތުރަށް ފަހު ހާފްގައިވެސް އެފްއާރުޓިން 4 ފައުލަށްވުރެ އިތުރަށް ފައުލްކޮށްގެން ލޮތަރި އެފްސީއަށް ދެ ޕެނަލްޓީ ލިބިފައިވެއެވެ. އޭގެ ތެރެއިން ރަޔަންޖެހި ޕެނަލްޓީއާއި މުންސިފް ޖެހިޕެނަލްޓީވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެފްއާރުޓީން މިމެޗައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ އަލީ އާސިރެވެ.

މިމެޗުން ދެރަވި އެފްއާރުޓީ  މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި ފޭދޫ ސަންސް އޮފް ލޮންސް އާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުން ވަނީ ބަލިވެފައެވެ. މިމެޗުން މޮޅުވި ލޮތަރި މިރޭ ކުޅުނުމެޗަކީ މިމުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަމެޗެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ލޮތަރި  އެފްސީއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ރަޔަން މުއްސަދު މަންސޫރުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަސޭހަކަމާއިއެކު ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ...

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ އަޙްމަދު ނުޢުމާން އައްޔަން ކުރައްވައިފި

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްބޭފުޅެއްކަމުގައިވާ އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން،  ކޮމިޝަނަރ ޖެނެރަލް އޮފް ...

ކޮވިޑްގައި 30 އަހަރުގެ ޒުވާން އަންހެނަކު މަރުވެއްޖެ

ކޮވިޑް ބަލި ޖެހިގެން ފަރުވާދެމުން ދިޔަ 30 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ. މިއީ ކޮވިޑްގައި ރާއްޖެ އިން ...