ފޭދޫއާއި އާއި މީދޫ ކުޅުނު އެކުވެރިކަމުގެ މެޗު މީދޫޓީމް ކާމިޔާބު ކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން  މީދޫ 20 އަހަރުން ދަށުގެ  ޓީމަކާ ފޭދޫ 20 އަހަރުން ދަށުގެ ޓީމަކާ ދެމެދު  ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު މީދޫޓީމް ކާމިޔާބު ކޮށްފިއެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މިމެޗް މީދޫޓީމް ކާމިޔާބުކޮށްފައިވަނީ 6 ލަނޑު 0 ލަނޑުންނެވެ.

މިދިޔައަހަރު އޮކްޓޯބަރ މަހުގެ ތެރޭގައިވެސް ފޭދޫގައި ހިންގާ ސަޑޭ ސްޕޯޓްސް އެކެޑެމީ ޓީމްތަކާ މީދޫގައި ހިންގާ ” އީޓީއެފްއޭ ” ފުޓްބޯޅަ އެކަޑަމީގައި ހިމެނޭ ޓީމްތަކަކާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ކުޅެވުނެވެ.

އިއްޔެ ހަވީރު މީދޫޓީމާ ބައްދަލުކުރި ފޭދޫޓީމް- ފޮޓޯ: ފޭދޫޓީމް

އެމެޗްތަކުގެ ތެރެއިން  13 އަހަރުން ދަށުގެ މެޗް 9 ލަނޑު 0 ލަނޑުން މީދޫގައި ހިންގާ “އީޓީއެފްއޭ” ގެ ޓީމް ކާމިޔާބުކޮށްފައިވާއިރު އަންޑަރ ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން  “އީޓީއެފްއޭ” ގެ އޭޓީމާއި ސަޑޭ އެކެޑެމީގެ އޭ ޓީމް ބައްދަލުކުރިމެޗް ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. އަންޑަރ ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން “އީޓީއެފްއޭ” ގެ ބީޓީމާއި ސަޑޭ އެކެޑެމީގެ ބީ ޓީމް ބަދައްދަލުކުރިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ “އީޓީއެފްއޭ” ގެ ޓީމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިއުތިމާސްކޮށްފި

ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މި ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 02 ސެޕްޓެމްބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...

އަނިޔާއަށް ފަހު ޔާސީން އެނބުރި ފަރިތަކުރުންތަކަށް

މީދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔާސީންގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަށް ފަހު އެނބުރި ވޮލީގެ ޓްރެއިނިންގއަށް އަތުވެއްޖެއެވެ. ...