އައްޑޫސިޓީގެ އަވަށްތައް ހިމެނޭގޮތައް އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ހިޔާލު ހޯދަނީ

އައްޑޫސިޓީ ގެ އަވަށްތައް ( ރަށްތައް ) ހިމެނޭހެން އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ހިދުމަތް ދިނުމުގެ ނިޒާމު ގާއިމު ކުރާނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގޮތުން ސާވޭއެއް ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

ސޯލާ ޕީވީ ސިސްޓަމް ހަރުކޮށްގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ އައްޑޫސިޓީގެ އަވަށްތަކުގެ އިތުރަށް ކުޅުދުއްފުށި ސިޓީގެ އިތުރުން ބ. އޭދަފުށީގައާއި، ޅ. ހިންނަވަރުގައާއި، ގދ. ތިނަދޫ އަދި ފުވައްމުލައް ސިޓީގައި އެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިވް ރިނިއުބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ބައެއް ނޫސްތަކަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިނިއުބަލް އެނާޖީ އެވެއާނެސް އޮފިސަރު އިފާދު ވަހީދު ވިދާޅުވީ އެ މަޝްރޫއުއަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއަކަށްވާއިރު ވޯލްޑް ބޭންކްގެ މިފަދަ މަޝްރޫއުތައް ފެށުމުގެ ކުރިން މަޝްރޫއު ހިންގާ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަކީ މިހާރު ލާޒިމު ކަމެއް ކަމަށެވެ.

ސޯލާ ޕީވީ ސިސްޓަމް ހަރުކުރާ ރަށެއްގެ ކައުންސިލާއި ގުޅިގެން ސާވޭ ފޯމެއް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކައުންސިލްތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައު ސަރުކާރުގައި އައްޑޫއަށް ފުރިހަމަ ތަސައްވުރެއް އެބައޮތް، ބަދަލުކޮށްލާނެ: ޣައްސާން

އައްޑޫ ސިޓީގެ ރައްޔިތުން މާލެއަށް ބަރޯސާނުވެ ހުރިހާ ޚިދުމަތެއް ލިބޭނެ ތަސައްވުރައެކު އެ ސިޓީއަށް ޚާއްޞަ އިސްކަމެއް އައު ...

މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ނޫރައްދީން އިންވެސްޓްމަންޓާ ހަވާލްކޮށްފި

އައްޑޫ ސިޓީ މީދޫގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ. އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ...

މިވަގުތު ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫން: އައިއެމްއެފް

މިވަގުތަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ރަނގަޅު ވަގުތެއް ނޫން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ސަރުކާރަށް ...