ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން ހުށައަޅައިފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް ހުށައަޅައިފިއެވެ.

ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކި ކުރަން ހުށައެޅުއްވީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.

މައްސަލަ ހުށައެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރި އޯޑިއޯތަކެއް ލީކުވުމުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކެއް ކުރެވި، މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާތީ ކަމަށެވެ. އަދި މި މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށް ވެސް ހުށައެޅި ސަބަބުގައި ބުންޏެވެ.

މިނިސްޓަރު ނަހުލާއަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށް ބުނާ އޯޑިއޯގެ މައްސަލައާ ގުޅިގެން ވެސް ޖޭޕީގެ ކައުންސިލަށް މައްސަލަ އަށް ހުށައެޅިއެވެ. އެކަމަކު ރައީސް ސޯލިހު އެކަމަށް ވަކިގޮތެއް ނުނިންމަަވާތީ ޖޭޕީން އަލީ ވަހީދަށް ފިޔަވަޅެއް ނާޅައެވެ.

އަލީ ވަހީދު އަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ. އަދި އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: އައްޑޫސިޓީން އިތުރު 21 ކޭސް

އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ...

އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްދާނެ: ރައީސް

އައްޑޫ ސިޓީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ...

ޔުނާން ޝަރުތާ ޚިލާފުވެ ބޭރުގައި އުޅޭތީ ބަންދުކޮށްދިނުމަށް އެދިއްޖެ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ބަންދުން ދޫކޮށްލި ފިލްމީ ތަރި ...